ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އެކަނިވާ ވަރަކަށް އިތުވާ ޖަޒުބާތު ބޮޑުވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ކޯލިޝަން ޕާޓްނަރަކަށް ވެއޮވެ، ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދުވަހަކުވެސް ޖުމްހޫރީ ޕާޓީން ދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. އަދި ސަރުކާރު ބައްޓާލުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީއާއި، ފިކުރެއްގެ ދިރުމުން ގުޅިގެން ކުރަމުންދާ މަސައްކަތް ނާކާމިޔާބު ކޮށްލީވެސް ރައީސް ޞާލިހުކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ މިހާތަނަށްވެސް މަޖިލިސް ތެރެއިން ސަރުކާރަށް ބޭނުންވާ ކަންކަން ހާސިލް ވެފައިވަނީ ފިކުރެއްގެ ދިރުމުގެ މެމްބަރުން ސަރުކާރަށް އެއްބާރުލުން ދިނުމުންކަމަށެވެ. އެމެމްބަރުން އެއްބާރުލުން ނުދިންނަމަ ސަރުކާރުން ބޭނުންވާ އެތައްކަމެއް ނުނިންމުނީސް ކަމުގައެވެ.
ޝިޔާމް ވިދާޅުވީ މަޖިލީހުގައި ބައެއް ފަހަރު ސަރުކާރުން ބޭނުންވެގެން ނަގާ ވޯޓުތަކުގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދޭނެ މެމްބަރަކު ތަޅުމުގައިި ނެތިގެން ވޯޓު ދެއްވަން ޖެހެނީވެސް ފިކުރެއްގެ ދިރުމުގެ ބޭފުޅުންނަށް ކަމަށެވެ. މަޖިލިސް ތަޅުމުގައި ސަރުކާރުގެ މެމްބަރުންގެ ގޮތުގައި ތިބެ ވޯޓު ގަޑީގައި ގެއްލެނީ އެއްބާރުލުން ދޭން ބޭނުން ނުވާތީކަމަށް ޝިޔާމް ވިދާޅުވިއެވެ.
ފިކުރެއްގެ ދިރުން އަދި ޖުމްހޫރީ ޕާޓީން އެއްބާރުލުން ނުދިންނަމަ ޔަގީންވާ ކަމަކީ މަޖިލިސް ތެރެއިން ސަރުކާރަށް އެއްވެސް މުހިންމު ކަމެއް ނުކުރެވުނީސްކަން. ބައެއް ފަހަރު ބޭނުންވާ ބަޓަނަށް ފިއްތަން ތަޅުމުގައި ނުތިއްބެވުމަކީވެސް އެއްބާރުލުން ދިނުން. އެކަނިވާ ވަރަކަށް ޖަޒުބާތު އިތުރުވާނެ.
– ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގައި އޮވެ ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައެވެ. މިއާއިއެކު ރައީސް ޞާލިހަށް ތާއީދުކުރާ މެމްބަރުން ދަނީ ވަރަށް ބޮޑަށް ޖަޒުބާރުގައި ޖެހި ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުންވެސް ސަރުކާރުން ވަކި ކުރުމަށް ގޮވާލަމުންނެވެ. މިވާހަތަކަށް ޤާސިމް ވިދާޅުވެފައިވަނީ ސަރުކާރުގައި ހިމެނޭ ޖޭޕީގެ އެއްވެސް ބޭފުޅަކު ވަކިވާން ޖެހޭނަމަ ރައީސް ޞާލިހުވެސް އިސްތިއުފާ ދެއްވަން ޖެހޭނެކަމަށެވެ.
One Response
ކޮނުނުވަރަކަށް ފަސްގިނަވާނެ ދޮގު ތެދު އެނގޭނީ އެކަމެއް ކޮށްގެން ތިބިބަޔަކަށެވެ