ޕާކިން މައްސަލާގައި މުވައްޒަފުން މުޒާހަރާއަށް!

ޕާކިން މައްސަލާގައި މުވައްޒަފުން މުޒާހަރާއަށް!

ގުޅުންހުރި

ވެލާނާގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވެހިކަލްތައް ޕާކުކުރަން ހުރި ޖާގަތައް ނަގައި ދަތިތަކާ ކުރިމަތިވުމުން ބައެއް އޮފީހުންތަކުގެ މުވައްޒަފުން މުޒާހަރާއަށް ނުކުމެއްޖެއެވެ.

ދާދިފަހުން ވަނީ ވެލާނާގެ ސަރަހައްދުން ދެ ޕާކިންގ ޒޯން ނަގާފައެވެ. އެއީ އަމީރު މަހުމަދު މަގުން ވެލާނާގެ ކުރިމަތީގައި އޮންނަ ޒޯނާއި ކުރީގެ ހުރަވީ ބިލްޑިންގ ކައިރީގައި އޮންނަ ޒޯނެވެ. ހުރަވީ ބިލްޑިންގ ހުރި ބިމުގައި ޕާކިން ޒޯނެއް ހެދިނަމަވެސް އަދި އެތަން އޮތްގޮތުން އެސަރަހައްދުގައި ހުރި އޮފީސްތަކުގެ މުވައްޒަފުންނަށް އެކަށީގެންވާވަރާ ގާތަށްވެސް ޕާކިން ޖާގައެއް ނެތެވެ.

މިހެން މިކަން އޮއްވައި ވެލާނާގޭގެ ގޯތިތެރޭގައި ވަގުތީ ދަރުމަވަންތަ ސްކޫލް ހުންނަ ސަރަޙައްދުގައި އޮތް ޕާކިން ޖާގަ ބަންދުކޮށް ކޮންމެވެސް މަސައްކަތެއް ވަނީ ފަށާފައެވެ. މިކަން ފެށީ މިހަފްތާ ބަންދުގައެވެ. ހަފްތާބަންދަށްފަހު މިއަދު މުވައްޒަފުން އޮފީހަށް ނުހުތްއިރު ޕާކުކުރާނެ ޖާގައެއް ނެތެވެ. މިކަމާ ހިތްހަމަނުޖެހި ބައެއް އޮފީސްތަކުގެ މުވައްޒަފުންވަނީ އެސަރަޙައްދުގައި މުޒާހަރާކުރަން ފަށާފައެވެ.

މު މުޒާހަރާ ކުރީ މިއަދު 10:20 ހާއިރުއެވެ. ވެލާނާގޭ ބޭސްމަންޓުގައިވެސް ޕާކިން ޖާގަހުރެއެވެ. އެހެންނަމަވެސް އެތަނުން ޖާގަ ދީފައިވަނީ އޮފީސްތަކުގެ އިސްވެރިންނާއި ސިޔާސީ ބައެއް މުވައްޒަފުންނާއި ކަނޑައެޅިފައިވާ މަދު ބަޔަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ