ވިހާދުވަސް ކައިރިވާ ވަރަކަށް ބިރު ގަންނަނީތަ؟

ވިހާދުވަސް ކައިރިވާ ވަރަކަށް ބިރު ގަންނަނީތަ؟

ގުޅުންހުރި

ބިރުގަތުމާއި ކަންބޮޑުވުންތައް ވިހެއުމުގައި ދިމާވުމަކީ މާބަނޑު މީހުންގެ ތެރޭގައި އާންމުކަމެކެވެ. އެހެންކަމުން މިކަމަށް ކުރިއާލައި ތައްޔާރުވެ ތިބުމަކީ ވަރަށް މުހިންމުކަމެކެވެ.

ގިނަ  މީހުން އެންމެ ބިރުގަންނަ އެއްކަމަކީ ވިހެއުމުގައި މައްސަލައެއް ދިމާވެ ސީ ސެކްޝަން އަދި އެޕިސިއޮޓޮމީ ސާޖަރީ ހަދަން ޖެހިދާނެތީއެވެ. އެޕިސިއޮޓޮމީ ސާޖަރީ އަކީ ވަރަށް މަދުން ކުރަންޖެހޭ ކަމެކެވެ. މި ސާޖަރީ ހަދަންޖެހެނީ ވިހާއިރު ދުރުވާންޖެހޭ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ (ޕެލްވިކް އޭރިއާގެ) މަސްތައް ދުރު ނުވާނަމައެވެ. މި ސާޖަރީ ރަނގަޅުވާނީ 6 ހަފްތާއިންނެވެ.

ދެން އެންމެ ކަންބޮޑުވާނެ އެއްކަމަކީ ވިހެއުމުގައި އަޅާ ވޭނުގެ ސަބަބުން ވިހެއުމަށް އިސްކަން ނުދެވިދާނެތީއެވެ. ނަމަވެސް ބަނޑުބޮޑު އިރު ކަސްރަތު ކުރާނަމަ ވިހެއުމުގައި ތަދު ކުޑަވާނެއެވެ.

މި ފަދަ ކަންކަމާއި ކަންބޮޑުވުމަކީ އެންމެނަށްވެސް ދިމާވާ ކަމެކެވެ. އެހެންކަމުން ބިރުން ހުރީމަށްވުރެ އެކަމާ ކުރިމަތިލާ ހިތްވަރުގަދަކަން ދައްކާލާށެވެ. ބިރުގަނެ އެފަދަ ކަމެއް ވާނަމަ ޑަކްޓަރާ ބަރާބަރަށް ވާހަކަތައް ހިއްސާ ކުރަން ވާނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ