މިއަހަރު މިހާތަނަށް 3 ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފި

މިއަހަރު މިހާތަނަށް 3 ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފި

މިއަހަރު މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 301،658 ޒިޔާރަތް ކޮށްފައި ވެއެވެ. މިއީ ފާއިތުވެދިޔަ އަހަރުގެ މި މުއްދަތާއި ހަމައަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ 23،5850 ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 27.9 އިންސައްތަ އިތުރު އަދަދެކެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރު ރާއްޖެއަށް ކޮންމެ ދުވަހަކުވެސް އެވްރެޖްކޮށް 5،915 ފަތުރުވެން ދަނީ ޒިޔާރަތް ކުރަމުންނެވެ.

މިއަަހަރު ފާއިތިވެދިޔަ ދެ މަހަށް ބަލާއިރު، ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 17،2499 ފަތުރުވެރިންނެވެ. ރާއްޖެއަށް ދުނިޔޭގެ އެކި ގައުމުތަކުން ޒިޔާރަތް ކުރަމުންދާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދާއިރު، މިއަހަރު މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން ރާއްޖެއަށް 38،539 ފަތުރުވެރިން މިއަހަރު ޒިޔާރަތް ކޮށްފައި ވެއެވެ.

ލިސްޓުގެ ދެވަނާފައި އޮތް އިންޑިއާއިން 33،001 ފަތުރުވެރިން އަދި ތިންވަނާގައި އޮތް އިނގިރޭސިވިލާތުން 28،307 ފަތުރުވެރިން މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

ކޯވިޑް19 އާއި ދެކޮޅަށް އަޅާފައި ފިޔަވަޅުތަކަށް ލުއިދީ ޗައިނާގެ ބޯޑަރުތައް އެގައުމުން ހުޅުވާލުމާއެކު، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިގޮތުން އެގައުމުން މިއަހަރު މިހާތަނަށް 8،756 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. އެގައުމު މިހާރު އޮތީ ރާއްޖެއަށް އެންމެ ގިނައި ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ 8 ވަނައިގައެވެ.

ފާއިތުވެދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފިއިރު، މި ލަނޑުދަނޑިއާއި ހަމައަށް ފާއިތުވި ޑިސެމްބަރުމަހުގެ 20 ވަނަ ދުވަސް ވާސިލް ވެވުނެވެ. ސަރުކާރުން މިއަހަރު އަމާޒު ކޮށްފައިވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގައުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *