ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދުގައެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނު ވަނީ މިދިޔަ ފެބްރުއަރީ މަހު ތައިރޮއިޑްގެ ސާޖަރީއެއް އެ ގައުމުން ކުރައްވައިފައެވެ. އޭގެ ފަހުން ވެސް ނުރަސްމީ ދަތުރުފުޅުގައި ސިންގަޕޫރަށް ވަޑައިގެންފައިވެއެވެ.