ޓޮޓެންހަމް ހަތަރަކަށް ޖެހިލައިފި

ޓޮޓެންހަމް ހަތަރަކަށް ޖެހިލައިފި

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2023 09:14
0

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމުން ވެސްޓޭ ހޭމް ބަލިކޮށް ލީގުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޓޮޓެންހަމް އިން ލީޑުނެގީ އެ ޓީމުގެ ދެ ފުލްބެކުން އުފެއްދި އެޓޭކެއްގައެވެ. މެޗުގެ 56 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ބެން ޑޭވިސް ދިން ބޯޅައަކުން އެ ޓީމަށް ގޯލު ޖަހައިދިނީ އެމަސަން ރޯޔާލްއެވެ. ވެސްޓް ހޭމަށް އެއްވަރުކޮށްދޭން ޖެރޮޑް ބޮވެން ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ފްރޭޒާ ފޮސްޓާ ވަނީ މަތަކޮށްފައެވެ. ބަދަލަކަށް ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓޮޓެންހަމްގެ ލީޑުފުޅާކޮށްދިނީ މެޗުގެ 72 ވަަނަ މިނިޓްގައި ސޮން ހެއުން މިންއެވެ. ސޮންގެ މި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ހެެރީ ކޭންއެވެ.

ގޯލްބްލެޑާ ސާޖަރީ އަށް ފަހު، ހާލު ރަނގަޅުވަންދެން، ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މި ވަގުތު ހުރީ އިޓަލީގައެވެ. ޓޮޓެންހަމް ޓީމަށް ދަނޑުގައި ހުރެ އިރުޝާދު ދިނުމުގެ ކަންކަމާ ހަވާލުވެފައިވަނީ ކޮންޓޭގެ އެސިސްޓަންޓް ކޯޗު ކްރިސްޓިއަން ސްޓެލީނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.