ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި މަތީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ދެންމެ ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އަޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގުމާއެކު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ.
މި ޙާދިސާއާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި ބޮޑެތި ޒަޙަމްތަކަކާއެކު މީހަކު ހައިވޭ މައްޗަށް ވެއްޓިފައިވާ މަންޒަރު ފެނެއެވެ. އަދި އެކްސިޑެންޓުވި ކާރާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އެ މީހާގެ ހާލަތާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.