އިންޑިއާގެ ވެސްޓް ބެންގާލްގެ ކޮޓަގައި ހުންނަ ހޮސްޓެލްއެއްގެ 6 ވަނަ ފަންގި ފިލާއިން ކިޔަވާ ކިޔަވާ ކުއްޖަކު ވެއްޓި މަރުވި ހާދިސާއިން ގިނަބަޔަކަށް ސިހުން ގެނުވައިފިއެވެ.
މިހާރު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ، ސީސީޓީވީ ވީޑިއޯއިން ފެންނަ ގޮތުގައި، އިންޑިއާގެ ވެސްޓް ބެންގާލްގެ ޖަވަހަރުނަގަރު އޭރިއާގެ ކޮޓަގައި ހުންނަ މި ހޮސްޓެލްގެ 6 ވަނަ ފަންގިފިލާއިން އުމުރުން 20 އަހަރުގެ ބައްޓަޗަރުޔާ ވެއްޓިފައިވަނީ އޭނާގެ 3 އެކުވެރިންނާއެކީ ރޭގަޑުގެ 11 ޖެހިއިރު، ކޮޓަރިއަށް ވަނުމުގެ ކުރިން، ފައިވާނަށް އެރުމަށް ބެލްކަނީގައި ހުރި ފެންސެއް ލެނގިލި ވަގުތު ފެންސު ނެއްޓި، ފެންސާއެކު ބިންމައްޗަށް ވެއްޓިގެންނެވެ.
Breaking News: Coaching student dies after falling from sixth floor of hostel in Rajasthan's Kota.
The net was broken, he fallen out when he was trying to put on his slippers by standing with the support of net.
Heart-wrenching !#Rajasthan #Kota pic.twitter.com/nZixPXwNfj
— Ashwini Shrivastava (@AshwiniSahaya) February 3, 2023
ސޯޝަލް މީޑިއާއިން އާންމު ވެފައިވާ ވޯޑިއޯއިން ފެންނަ ގޮތުގައި، ބައްޓަޗަރުޔާ ބެންކަނީގެ ފެންސުގައި ލެނގުނުއިރު، ފެންސުހުރީ ކޮންމެވެސް ސަބަބަކާހުރެ، ހިފެހެއްޓިފައެއް ނޫނެވެ. ނުވަތަ ދޫވެފައެވެ. އަދި ފެންސުގައި ލައްވުމާއެކު، ބިންމަތިން ފައި ކައްސާލައިގެން ގޮސް ބައްޓަޗަރުޔާ 6 ވަނަ ފަންގިފިލާއިން ވެއްޓުނީ ބިންމައްޗަށެވެ. އަދި އޭނާ ބިންމައްޗަށް ވެއްޓުމާއެކު، އޭނާއާއެކީ ތިބި އެކުވެރިން އޭނާ ވެއްޓުނު ސަރަހައްދަށް ދިއުމަށް އަވަސް ވެގެންފައި ވެއެވެ.
އިންޑިއާގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގެ ފުލުހުންވަނީ މިހާދިސާގެ ތަހުގީގު މިހާރު ފަށާފައެވެ.
އިންޑިއާގެ ދަރިވަނުން ތިބޭ ހޮސްޓެލްތަކަކީ މަރާމާތު ނުކުރެވި، ސަލާމަތީ ފެންވަރު ވަރަށް ދަކޮށް ހުންނަ ތަންނަތެވެ.