އިންޑިއާގެ ޚާރިޖީ ވަޒީރު ޖައި ޝަންކަރު ރާއްޖެ ވަޑައިގެންފިއެވެ.
ޖައި ޝަންކަރު ރާއްޖެ ވަޑައިގެންފައި މިވަނީ ދިވެހިރާއްޖެއާއި ސްރީ ލަންކާއަށް މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.
މިގޮތުން މި ދަތުރުފުޅުގައި ޖައިޝަންކަރު ބުރާސްފަތި ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާއަށެވެ.
އިންޑިއާގެ ލޯކަލް މީޑިއާތަކުނން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާ ރާއްޖެއާއެކު ބައިލެޓްރަލް ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެން ދާނެއެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި ޖައިޝަންކަރު 3 ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާއިރު، އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ފާއިތުވެދިޔަ އަހަރުގެ މާރޗްމަހުއެވެ. އެފަހަރު ޖައިޝަންކަރުވަނީ އިންޑިއާގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުއްވާ ދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ