މަސްތުވާތަކެތި އެތެރެކުރުން ހުށްޓުވުމުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް: ޢަބްދުﷲ ރިޔާޒް

މަސްތުވާތަކެތި އެތެރެކުރުން ހުށްޓުވުމުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް: ޢަބްދުﷲ ރިޔާޒް

މަސްތުވާތަކެތި އެތެރެކުރުން ހުށްޓުވުމުގައި ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ފުލުހުން އަތުލައިގަތް 46 ކިލޯގެ މަސްތުވާތަކެތި އެއަރޕޯޓުގެ އެތެރެއިން ގެއްލިއްޖެކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ޝެއަރ ކުރައްވައި ޢަބްދުﷲ ރިޔާޒް ވިދާޅުވީ މިއީ އެމީހަކު ހިތައް އެރިގޮތަކަށް ކަންކަން ކުރެވޭ ގޮތައް އިންތިޒާމްވެފަ އޮތުމުން ދިމާވާކަންކަމަށެވެ. މިމައްސަލަ މަޖިލިހަށް ހުށަހަޅައިގެން ސަރުކާރުގެ ކަމާއިބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނެކަމަށްވެސް ޢަބްދުﷲ ރިޔާޒް ވިދާޅުވެފައިވެއެވެ. އަދި މަސްތުވާތަކެތި އެތެރެކުރުން ހުށްޓުވުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތްކަމަށް އޭނާވަނީ ވިދާޅުވެފައެވެ. ޢަބްދުﷲ ރިޔާޒަކީ ލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްވެސް މެއެވެ.

ރިޔާޒް ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްވެސް ވަނީ މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ކަމާބެހޭ ފަރާތްތަކުން އަތުލައިގަނެ މައި އެއާޕޯޓުގައި ހުއްޓާ، ގެއްލިގެން ނުވާނެކަމަށެވެ. އަދި މިއީ ތަންފީޒީ އިދާރާތަކުގެ އިހުމާލުކަމަށާ، މިކަމަށް ޖަވާބުދާރީވެ ޒިންމާވާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭކަމަށެވެ. ޒުވާން ޖީލެއް މަސްތުގެ ވަބާގައި ނެތިދަނީކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި ދެ މީހަކު ކަސްޓަމްސް އިން އަތުލައިގަތް ފަހުން، މަސްތުވާތަކެއްޗާ އެކު ލަގެޖް ގެއްލުނު މައްސަލައަކާއި ލަގެޖުގެ އިތުރުން މީހަކު ވެސް ގެއްލުނު މައްސަލައެއް ބަލަމުން އަންނަކަމަށް ދުވަހު ނޫސް މިހާރުން ވަނީ ރިޕޯޓުކޮށްފައެވެ. މިމަސްތުވާތަކެތީގެ ބަރުދަން 46 ކިލޯ އަށް އަރާކަމަށްވެސް އެނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މިމައްސަލާގައި ފުލުހުން ވަކިއެއްޗެއް ނުބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *