ހުއްދަ ނުނަގާ އެއްވެވުނަސް، ޔާމީން މިނިވަން ކުރަން އެއްވާނަަމަ ހުއްދަ ނަގަންޖެހޭނެ: ނަޝީދު

ހުއްދަ ނުނަގާ އެއްވެވުނަސް، ޔާމީން މިނިވަން ކުރަން އެއްވާނަަމަ ހުއްދަ ނަގަންޖެހޭނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2020 03:28
0

އެއްވެ އުޅުމުގެ ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު ކުއްލިއަކަށް އެއްވާ އެއްވުންތަކުގައި ދުރާލާ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި، ނަމަވެސް ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާއި އެއްވާނަމަ ދުރާލައި ހުއްދަ ނަގަން ޖެހޭނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދައުރުގައި މަޖިލީހުން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއްވެ އުޅުމުގެ ބިލަށް އިޝާރާތްކޮށް ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޤާނޫނުން ލާޒިމް ކުރަނީ ވަކި ހާލަތްތަކުގައި ކުއްލިއަކަށް އެއްވުމަށް ކަމަށެވެ. މީހަކު ޖަލުގައި އޮންނަތާ އަހަރު ވެގެން އެއްވާނަމަ އެކަން ދުރާލައި އަންގަންޖެހޭނެ ކަމަށްބުނެ ރައީސް ނަޝީދުވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް އެއްވާނަމަ ހުއްދަ ނަގަންޖެހޭކަމަށް ވިދާޅުވެފައެވެ.

ހުއްދަ ހޯދުމަކާއި ނުލައި ކުއްލިއަކަށް އެއްބާ އެއްވުން މިހާރު އަޅުގަނޑު ބަލާލާ ބެލުމުގައި އެއްގޮތްވެފައި ގާތްގަނޑަށް ވެފައި މިއޮތީ މަޖިލީހުގެ ކުއްލި މައްސަލަ ހުށަހެޅޭ ހާލަތްތަކާއި. އެއީ އެކަމަކީ ކުއްލި ކަމަކަށް ވާންޖެހޭނެ. މިސާލަކަށް ބޭފުޅަކު ޖަލުގައި ހުންނަވާތާ އެއް އަހަރުވެގެން އެއީ ކުއްލިއެއްނުވޭ. އެއް އަހަރު ވެއްޖެ. އެހެންވީމަ އޭގަ ކަނޑައެޅިގެން ހުއްދަ ހޯދައިގެން ކުރެވޭނީ. އެއްވެސް ހާލެއްގައި ކުއްލިއަކަށް އެވާން ނުޖެހޭ ކަންކަން މިބިލުގައި ނެތްކަމަށް އަޅުގަނޑެއް ނުދެކެން.

– މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ޤާނޫނު ކުރިންވެސް އޮތްގޮތަށް މާލޭގެ ގްރީން ޒޯން ފިޔަވައި އެހެންތަންނަށް އެއްވެވޭގޮތަށް ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ޝަރީފް ވިދާޅުވީ މިބަދަލާއިއެކު ކުރިންވެސް އޮތްގޮތަށް ތަންތަނަށް އެއްވާނަމަ ފުލުހުންގެ ހުއްދަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނަގަންޖެހޭނެކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނުގެ 24ވަނަ މާއްދާގެ ޅ.އުވާލަން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.

ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްގުގައާއި، އަންހެނުންނާ ކުޑަކުދިންނަށް ކުރާ އަނިޔާ ދެކޮޅަށް އަޑުއުފުލައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ.

ރައީސް ނަޝީދު މިއަދު އެއްވެ އުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާއިރު، ރައީސް ޔަމީން ޖަލުގައި އޮންނަވާތާ އެއް އަހަރު ވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހު މުޅި ރާއްޖޭގައި އެއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.