ހަނި މޮޅަކަށް ފަހު ލިވަޕޫލް ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށް

ހަނި މޮޅަކަށް ފަހު ލިވަޕޫލް ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 2-1 އިން ހޯދި އުނދަގޫ މޮޅާ އެކު ލިވަޕޫލުން ގަދަ ހަތަރެއްގެ ރޭހުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ލެސްޓާ އިން ވަނީ ލީޑް ނަގައިފައެވެ. މި ގޯލް ޖެހީ ލެސްޓާގެ މިޑްފީލްޑަރު، ކިއެނަން ޑިއުސްބަރީ-ހޯލްއެވެ. ލިވަޕޫލުން ޖެހި ދެ ގޯލަކީ ވެސް ލެސްޓާގެ ބެލްޖިއަމް ޑިފެންޑަރު ވައުޓް ފާސް އަތުން ބައިކޮޅަށް ވަން ގޯލުތަކެކެވެ. އެއީ މެޗުގެ 38 ވަނަ މިނެޓާއި 45 ވަނަ މިނެޓުގައި ވަތް ދެ ގޯލެވެ.

މެޗުގައި ލިވަޕޫލަށް ލީޑް ފުޅާ ކުރަން މުހައްމަދު ސަލާހާއި ޑާވިން ނޫނޭޒް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑް ދަނޑުގައި ބްރެންޓްފޯޑް ވަނީ 2-0 އިން މޮޅުވެފައެވެ. ބްރެންޓްފޯޑްގެ ލަނޑުތައް ޖަހައި ދިނީ އައިވަން ޓޯނޭ އާއި ޖޯޝް ޑަސިލްވާއެވެ.

މި ނަތީޖާއާއެކު ވެސްޓްހަމް އަށް 17 ވަނަ ލިބެނީ ކުޅުނު 16 މެޗުން 14 ޕޮއިންޓެވެ. ބްރެންޓްފޯޑުން މި ހޯދި މޮޅާ އެކު އެ ޓީމު އޮތީ 17 މެޗުން 23 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގައެވެ.

ލިވަޕޫލް އަށް ލިބުނު މި މޮޅާއެކު، އެ ޓީމު ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑު އުންމީދެއް ވަނީ ގެނުވައިފައެވެ. ލިވަޕޫލް މިވަގުތު އޮތީ ތާވަލްގެ ހަ ވަނައިގައި 28 ޕޮއިންޓާއެކުގައެވެ. ގަދަ ހަތަރެއްގައި އޮތް ޓޮޓެންހަމް އާއި ލިވަޕޫލްއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ތަފާތެކެވެ. ޓޮޓެންހަމަށް 16 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 15 މެޗުން 29 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލް ހަވަނައިގައި އޮތީ 16 މެޗު ކުޅެގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *