ހާލަންޑަށް ރެކޯޑަކާ އެކު ސިޓީ އަލުން ދެ ވަނަ އަށް

ހާލަންޑަށް ރެކޯޑަކާ އެކު ސިޓީ އަލުން ދެ ވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑް ރެކޯޑަކާ ހަމަކުރި ގޯލުތަކާ އެކު، 3-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ ދެ ވަނަ އަށް އަލުން ޖެހިލައިފިއެވެ.

މިސީޒަންގައި ސިޓީއަށް ބަދަލުވެ ލީގުގެ ފުރަތަމަ 15 މެޗުން ހާލާންޑް ވަނީ 20 ގޯލް ހަމަކޮށްފައެވެ. 20 ގޯލް ހަމަކުރީ ވަރލްޑްކަޕަށްފަހު ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ލީޑްސް ޔުނައިޓެޑް އަތުން 3-1 ން މޮޅުވި މެޗުގައެވެ. މެޗުގައި ސިޓީގެ ފަހު ދެ ލަނޑު ޖެހީ ހާލާންޑެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖެހީ ރޮޑްރީއެވެ. މެޗުގައި ހާލާންޑަށް ލަނޑު ޖަހަން ދެ ފަހަރުވެސް ފުރުޞަތު ތަނަވަސްކޮށްދިނީ އިނގިރޭސި މިޑްފީލްޑަރ ގްރީލިޝްއެވެ. ސިޓީގެ 16 ކުޅުންތެރިން ވަރލްޑްކަޕްގައި ޤައުމީ ޓީމަށް ކުޅުނުއިރު އެމުއްދަތުގައި ހާލާމްޑް ހުރީ ޗުއްޓީގައެވެ. އެއީ އޭނާގެ ގައުމު މުބާރާތަށް ކޮލިފައިނުވާތީއެވެ.

ލީޑްސް އަކީ ނޯވޭ އަށް ނިސްބަތްވާ ހާލަންޑް އުފަންވި ސިޓީ އެވެ. ރޭގެ މެޗަށް ފަހު ހާލަންޑް ބުނީ ލީޑްްސް ދަނޑުގައި މެޗެއް ކުޅެލަން ލިބުމަކީ އޭނާ އަށް ހާއްސަ އުފަލެއް އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ. އަދި އެންމެ އަވަހަށް 20 ގޯލު ހަމަކުރި ފޯވާޑްގެ ރެކޯޑް ހާލަންޑަށް ލިބުމަކީ އުންމީދުކުރި ކަމެއް ނޫން ކަމަށާއި އޭގެ ކްރެޑިޓް ސިޓީގެ ކުޅުންތެރިންނަށް ވެސް ހައްގުވާ ކަމަށެވެ.

ރޭގެ މެޗަށް އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ނުކުތްއިރު، ދެ ވަނައިގައި އޮތީ މި ހަފްތާގައި ކުޅުނު މެޗުން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑް އެވެ. އެކަމަކު، ސިޓީ ވަނީ ލީޑްސް ބަލިކޮށް 15 މެޗުން 35 ޕޮއިންޓް ހޯދައި، ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް ވަނީ 15 މެޗުން 40 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި ނިއުކާސަލް އޮތީ 15 މެޗުން 33 ޕޮއިންޓާ އެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *