ހިޔާގައި ދިރިއުޅޭ މީހުންގެ ޚިޔާލާއިއެކު، މަސައްކަތްތައް ބާރަށް ކުރިއަށް

ހިޔާގައި ދިރިއުޅޭ މީހުންގެ ޚިޔާލާއިއެކު، މަސައްކަތްތައް ބާރަށް ކުރިއަށް

ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި އެޗްޑީސީން ބުނެފިއެވެ.

އަދި މި ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމާއި އެކު އެޗް.ޑީ.ސީން ދަނީ މި ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ލުއި ފަސޭހައެއް ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ. މިގޮތުން، ޕްރޮޖެކްޓް ފަރުމާ ކޮށްފައިވާ ގޮތުން ކޮމާޝަލް ބޭނުން ހިފޭނެ ގިނަ ތަންތަން ނެތުމުން، ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯރ ވިޔަފާރި އެކި ބޭނުންތަކަށް ބަދަލު ކުރެވި މިހާރު ދަނީ ގިނަ ޔުނިޓްތަކުން ޙިދުމަތް ދެމުންނެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތްތައް ދެނެގަނެ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ހިޔާލާއި އެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހާއްސަ އެހިއަށް ބޭނުންވާ ފަރާތްތަަކަށް ފަސޭހަ ވާނެ ގޮތަށް ރޭމްޕްތައް އެކި ސަރަހައްދުތަކުގައި އަދި ވަކިން ޙާއްސަކޮށް ހިޔާ ސަރަހައްދުގެ ބީޗުގައި ބެހެއްޓުމުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ވަނީ ނިންމާލާފައެވެ.

އަދި ހަމަ އެއާއެކު ޓަވަރުތަކުގެ މެދުގައި އޮންނަ ހުސް ޖާގަތައް ޕޮކެޓް ޕާކްތަކުގެ ގޮތުގައި ތަރައްޤީ ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި އެކު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުންވެސް ހެދިކާ ފަދަ ތަކެތި ފަސޭހައިން ލިބޭނެގޮތް ހެދުމަށް ޤާއިމް ކުރާ ކިއޮސްކްތައް ބެހެއްޓުމުގެ މަސައްކަތް ފަށާ މި ކިއޮސްކްތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާ މިހާރު ވަނީ ގުރު ނެގުމުގެ މަސައްކަތް ވެސް ނިންމާލާފައެވެ.

ހިޔާ ސަރަހައްދުގައި ލިބޭ ޙިދުމަތްތައް ދުވަހުން ދުވަހަކަށް އިތުރުވަމުން ދާއިރު މި ސަރަހައްދުގައި އާއްމުނަށް މަޢޫލޫމާތު ދިނުމަށް އެޗް.ޑީ،ސީގެ ސްމާޓްކޮމް ބަރޭންޑުން ވެސް ދަނީ ޑިޖިޓަލް ބޯޑްތަކެއް ޓަވަރުތަކުގެ ތިރީގައި ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެޗް.ޑީ،ސީން މަސައްކަތް ކުރަމުން ދަަނީ ސަރުކާރުގެ ވިސްނުމާއި އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންނާއި ވީހާވެސް ގާތުން ހުޅުމާލޭ ފޭސް 2 ވަކިން ޙާއްސަކޮށް ހިޔާ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ ގިނަ ޙިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *