ވައްކަން ކުރާ މީހާ ބަރަނާކޮށް ގައިގައި ތަޅާ އަނިޔާކުރުމަކީ އިސްލާމްދީން ތަރުހީބުދޭ ކަމެއް ނޫންކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ދޯންޏަކަށް އެރި ޒުވާނެއްގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށް އޭނާ ބަރަހަނާކޮށް އޭނާއަށް ވަރަށް ރަހުމްކުޑަކޮށް އަނިޔާކޮށްފައިވާކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު މިމައްސަލަ މިހާރު ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މިމައްސަލާގައި ގިނަބަޔަކު ފާޑުކިޔަމުންދާއިރު، މިއީ އިންސާނިއްޔަތާއި ޚިލާފް ދަށު ދަރަޖައިގެ އަމަލެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން ޝައިޚު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަން ކުރާ މީހުންނަށް އަދަބުދޭނީ ދައުލަތުން ކަމަށެވެ. ވައްކަން ކުރާ މީހުން ހިފާ ހައްޔަރުކޮށް އެމީހާއަށް ލާއިންސާނީ އަނިޔާ ދިނުމަކީ އިސްލާމްދީންވެސް ބާރުއަޅާ ކަމެއްނޫންކަމަށާއި، އެފަދަ އަމަލުތަކަށް ހިއްވަރު ދިނުމަކީވެސް ރަނގަޅު ގޮތެއް ނޫންކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.
Vakkan kurymaa barahanaa kurun mee kon thaakun aisgen ulhey kamehthoo? Aammun vagukaleyge gaiga thalhaa aniyaa kurumaky ves Islam dhyn tharuhyb dhey kameh noon! Eynaa havaal kuranvaanee daulathaa! Eynaa ah fiyavalhu alhaany daulathun! Haggu fiyavalhu elhumaky daulatuge zimmaa eh!
— Ali Zaid (@alizaid1000) November 22, 2020
ކޮން ރަށެއްގައި ހިނގައިފާކަމެއްކަން ނޭނގޭއިރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ވަނީ މަސްވެރި ދޯންޏެއްގައި ޒުވާނާގެ އަތްފައި ބަނދެ ބަރަހަނާކޮށް 10 ވަރަކަށް މީހުންވެގެން އޭނާއަށް ވަރަށް ރަހުމްކުޑަކޮށް އަނިޔާކުރާ މަންޒަރެވެ. އެގޮތުން އޭނާގެ ގައިގައި ކޮޅުފައިންނާއި ލަކުޑިއާއި ދަނގަޑު ހޮޅިބުރިފަދަ ތަކެތިން ތަޅާ އަނިޔާކޮށްފައިވެއެވެ. މަންޒަރު ފެންނަގޮތުން އޭނާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައެވެ.
ވީޑިއޯގައި އޭނާއަށް ތުހުމަތުކުރަމުން ދިޔައީ ވަގަށް ނަގާފައިވާ ތަކެއްޗާގޫޅޭގޮތުންނެވެ. އެގޮތުން ބައެއް ފޯނާއި ފަސް ހާސް ރުފިޔާގެ ވާހަކަ އަހާ އަޑު އެވީޑިއޯއިން އިވެއެވެ. ޒުވާނާ ބަރަހަނާކޮށް އަނިޔާކުރި ވީޑިއޯ ދައުރުވަމުންދާއިރު ގިނަބަޔަކު ވަނީ އެހާ ރަހުމްކުޑަކޮށް ކޮށްފައިވަ އަނިޔާތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ