މ.މުލީ 12 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ގެލެކްސީ-2 ދޯނީގައިހުރި މީހެއްގެ ހާލު ދެރެވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ގެލެކްސީ-2 ދޯނީގައިހުރި 57 އަހަރުގެ ދިވެހި ފަޅުވެރިއަކަށް ކުއްލި ސިއްޚީ މައްސަލައެއް ދިމާވެގެން އަވަސް ފަރުވާއަށް މ.ރީޖަނަލް ހޮސްޕިޓަލަސް ގެންދިއުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޯސްޓްގާޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 7.10 ހާއިރުގައެވެ.
މަސްވެރިއާއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާއިރު، އޭނާއަށް ދިމާވެފައިވަނީ ކޮންކަހަލަ ސިއްޚީ މައްސަލައެއްކަމަށް އަދި ނޭގެއެވެ.
ކޮމެންޓު ފޮނުވާ