މީދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ: އެމްޓީސީސީ

މީދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ: އެމްޓީސީސީ

ދ.މީދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

މިއީ ރާއްޖޭގެ ރަށްރަށުގެ ލަފާފުރުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި މިހާތަނަށް ބަނދަރު ހެދިފައި ނެތް ރަށްރަށުގައި ބަނދަރު ހެދުމާއި، ބަނދަރުތައް މަރާމާތުކުރަން ޖެހިފައިވާ ރަށްރަށުގައި އެމަސައްކަތް ކުރުންވެސް ހިމެނެއެވެ. އަދި އަލުން ބަނދަރު ހަދަންޖެހިފައިވާ ރަށްރަށްވެސް ހިމެނެއެވެ.

ދ.މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި އެމްޓީސީން ކުރިއަށްގެންދާ މަސައްކަތްތަކަށް ބަލާއިރު، ބަނދަރުގެ ޕޭވްމެންޓް މަސައްކަތް ހިމެނެއެވެ. މިމަސައްކަތުގެ 77 އިންސައްތަވަނީ މިހާރު ނިމިފައިކަމަށް އެކުންފުނިން ބުނެއެވެ. މީގެއިތުރުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %74 މިހާރު ނިމިފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިމަޝްރުޢުގެ ދަށުން މީދޫގެ، 373 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދަންވެސް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއަކީ، 38.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 408 ދުވަހުގެ ތެރޭގައި މިމަޝްރޫޢު ނިންމަންޖެހެއެވެ. މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.