ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" ގެ ޓީޒާ އެއް ދައްކާލައިފި އެވެ.
އޭނާ އެންމެ ފަހުން އަމިއްލައަށް ޑައިރެކްޓްކޮށް ލީޑް ރޯލް ކުޅެފައިވަނީ މިއަހަރު ނެރުނު ފިލްމު ރަންވޭ 34 ގައެވެ. އަޖޭ މިފަހަރު އިއުލާންކޮށްފައިވާ ފިލްމުގެވެސް ޑައިރެކްޓަރުގެ އިތުރުން ލީޑް އެކްޓަރަކީ އޭނާއެވެ. އަދި އޭނާއާއެކު ފިލްމުން ދެން ފެނިގެންދާނީ އޭނާގެ ގާތް ރަހުމަތްތެރިޔާ ތަބޫ އެވެ.
"ބޯލާ"ގެ ނަން ދީފައިވާ މި ފިލްމަކީ 2019 ވަނަ އަހަރުގެ ކާމިޔާބު، ތަމަޅަ އެކްޝަން ތުރިލާ "ކައިތީ"ގެ ރިމޭކެކެވެ. އެ ފިލްމުގައި ދައްކުވައިދެނީ ޖަލުން މިނިވަންވާ ގައިދީއަކު އޭނާ މިނިވަންވާ ރޭ ސްމަގުލް ގޭންގެއްގެ ކިބައިން ފުލުހުން ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ. އެކަން އޭނާ ކުރަނީ ޔަތީމުހާނާއެއްގައި ހުރި އޭނާގެ ދަރިފުޅާ ބައްދަލުކުރުމަށް ބޭނުންވާތީއެވެ. އަދި ފުލުހުން އޭނާއަށް އެކަމުގައި ވާ އެހީތެރިކަނަ ފިލްމުގައި ދައްކުވައިދެއެވެ.
މި ފިލްމް އަކީ އަޖޭ އާއި ތާބޫ އެކުގައި ފެނިގެންދާ 9 ވަނަ ފިލްމްއެވެ. މި ފިލްްމްގައި ތައްބޫ ފެނިގެންދާނީ ފުލުހުންގެ މަތީ ރޭންކްގެ އޮފިސަރެއްގެ ގޮތުގައެވެ. އަދި މި ފިލްމުގައި ތައްބޫގެ އެކްޝަން މަންޒަރުތަކެއް ވެސް ފެނިގެންދާނެއެވެ. ފިލްމު ސިނަމާތަކަށް ގެންނަން މަސައްކަތްކުރަނީ އަންނަ އަހަރު މާރިޗު މަހުއެވެ.
އަޖޭގެ ފުރަތަމަ ޑައިރެކްޝަނަކީ 2008 ގެ ފިލްމު "ޔޫ މީ އޮރް ހަމް" އެވެ. އެއަށްފަހު 2016 ވަނަ އަހަރުގެ ފިލްމު "ޝިވާއީ" އަކީ އަޖޭގެ 2 ވަނަ ޑައިރެކްޝަނެވެ.
ކޮމެންޓު ފޮނުވާ