މާލޭ ރައްޔިތުންގެ ހައްޤުތައް ހޯދައިދެވޭނީ ސަރުކާރުގެ "ޕަޕެޓަކަށް" ނުވާ މީހަކަށް: ޑރ. މުއިއްޒު

މާލޭ ރައްޔިތުންގެ ހައްޤުތައް ހޯދައިދެވޭނީ ސަރުކާރުގެ "ޕަޕެޓަކަށް" ނުވާ މީހަކަށް: ޑރ. މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
21 ނޮވެމްބަރ 2020 09:25
0

މާލޭ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ ބޯހިޔާވަހިކަމާއި، އެނޫންވެސް މައްސަކަތަކަށް ހައްލު ހޯދައި ދެވޭނީ ސަރުކާރުގެ "ޕަޕެޓަަކަށް" ނުވާ ރައްޔިތުންގެ ފަޅީގައި މަސައްކަތް ކުރައްވާ މީހަކަށް ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިމަތިލައްވާ ކެންޑިޑޭޓުން ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ހައުސިން މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ސަރުކާރުން ބުނާހާ އެއްޗަށް އާބަސް ކިޔައި ރައްޔިތުންނާއި ދުރު ކެންޑިޑޭޓެއް އިންތިޚާބް ވެގެން ނޫންކަމަށެވެ. ރައްޔިތުންގެ ކަންކަމުގައި ބަސްބުނަންނުކެރޭ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގައި ވަކާލާތު ކުރަން ނުކެރޭ ސަރުކާރުގެ "ޕަޕެޓެއް" އިންތިޚާބް ކޮށްގެން ނިކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިސަރުކާރަށް ފާއިތުވީ 2 އަހަރުގެ ތެރޭގައިވެސް މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމުގައި ނުކުޅެދިފައިވާކަމަށް އިދިކޮޅު ފަރާތްތަކުންނާއި، އެމްޑީޕީގެ އިސްސަފުގައި މީގެ ކުރިން ފެނުނު މާލޭގެ ބައެއް ރައްޔިތުންވެސް ދަނީ ބުނަމުންނެވެ. އަދި ޚާއްސަކޮށް ބޯހިޔާވަހިކަން ފޯރުކޯށް ދިނުމަށް މިސަރުކާރުން ވެފައިވާ ވައުދާއި ޚިލާފްވެ ރައްޔިތުންނަށް އޮޅުވާލާފައިވާތީ ދޭތެރެ ދޭތެރެއިން މާލޭގައި ގޯތި ހޯދުމަށް ދަނީ މުޒާހަރާ ކުރަމުންނެވެ.

މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލްކަންވެސް ކުރައްވަމުން ގެންދަވާ އަނަސް އަބްދުއް ސައްތާރެވެ. އަމިއްލަ ގޮތުން އަލްހާން ފަހުމީ ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވައި ގެންދަވަނީ ވަރަށް ވަރުގަދައަށް ކެމްޕެއިންވެސް ކުރައްވަމުންވެ. ކައުންސިލް އިންތިޚާބް ބޭއްވުމަށް ތާވަލު ކޮށްފައިވަނީ އަންނަ އަހަރުުގެ މާރޗް މަހުގެ6 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.