އެމްއެންޑީއެފް ކޯސްޓްގާޑުން "ޓްރޭނިންގ ޑޭ" ނަމުގައި ތަމްރީނެއް ބާއްވައިފި

އެމްއެންޑީއެފް ކޯސްޓްގާޑުން "ޓްރޭނިންގ ޑޭ" ނަމުގައި ތަމްރީނެއް ބާއްވައިފި

Author
މުޙައްމަދު ޝަޒައިމް
21 ނޮވެމްބަރ 2020 09:06
0

އެމްއެންޑީއެފް ކޯސްޓްގާޑާއި ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކަށް ކޯސްޓްގާޑްގެ ސިފައިން އަހުލުވެރި ކުރުމުގެ މަޤްޞަދުގައި " ޓްރޭނިންގ ޑޭ" ނަމުގައި ތަމްރީނެއް ބާއްވައިފިއެވެ.

ހުޅުމާލޭ ކޯސްޓްގާޑުގެ ސަރަހައްދުގައި ކުރިއަށްދިޔަ މި ތަންރީނުގައި ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ލިބެންހުރި ވަސީލަތްތަކާއި އިކުއިޕްމަންޓްސްތައް ބޭނުންކޮށްގެން އެ ތޮޔެ ނަގާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައި ވެއެވެ. މީގެ އިތުރުން ތެޔޮ ނެގުމަށްފަހު ބޭނުންކުރި އިކުއިޕްމަންޓްސްތައް ދޮވެ ސާފުކޮށް ސްޓޯރ ކުރާނެ ގޮތް ވެސް މި ތަމްރީނުގައި ކުރިއަށްގެންދެވިފައި ވެއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔައީ ތިއަރީ ކުލާސްތަކެވެ. އަދި މެންދުރުފަހު ދަންފަޅީގައި ކަނޑަށް ނޫނީ މޫދަށް ތެޔޮ އެޅުމުން، އެޕޮލިއުޝަން ނައްތާލާނެ ގޮތުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެއް ދުވަހަށް ކުރިއަށްގެންދިޔަ މި ތަމްރީނުގައި ކޯސްޓްގާޑުގެ ކޮމާންޑާންޓް ކާނަލް މުޙައްމަދު ސަލީމާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި އެޔުނިޓްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.