ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފްއިން ބާއްވާ "ވިކްޓްރީ ލެޕް" ބާއްވައިފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފްއިން ބާއްވާ "ވިކްޓްރީ ލެޕް" ބާއްވައިފި

ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ވިކްޓްރީ ލެޕް" މިއަދު ހަވީރު ބާއްވައިފިއެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން މާލޭގައި ފެށީ މިއަދު ހަވީރު 16:30 ގައި ސިފައިންގެ މަރުކަޒު، ކަޅުތުއްކަލާކޮށިންނެވެ. ދުވުން ކުރިއަށް ދިޔައީ ކަޅުތުއްކަލާކޮށިން ނުކުމެ ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް ދަރުބާރުގެއާ ހަމައިން އެނބުރި ކަޅުތުއްކަލާ ކޮއްޓަށް ނިންމާ ގޮތަށެވެ. " ވިކްޓްރީ ލެޕް" ނިންމުމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާ މާރިޔާ އަޙުމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގައި މި ދުވުން ބޭއްވިއިރު، ނަޞްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ވެސް "ވިކްޓްރީ ލެޕް" މިއަދު ވަނީ ބާއްވާފައެވެ.

ވިކްޓްރީ ލެޕްއަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަ ކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދީ ލަޝްކަރުގައި ގައުމީ ރޫޙާއި ޖޯޝް އަށަގެންނެވުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބުޠާލުންގެ ޒިކުރާއެވެ.

މިއަދު ބޭއްވި ދުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުނާއި އޮފިސަރުންގެ އިތުރުން ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ރޭންކްގެ ގިނައަދަދެއްގެ ސިފައިން ބައިވެރިވެ ލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *