އިންޑިއާގައި ބުރިޖެއް ވެއްޓި 30 މީހަކު މަރުވެއްޖެ

އިންޑިއާގައި ބުރިޖެއް ވެއްޓި 30 މީހަކު މަރުވެއްޖެ

އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓްގައި ބޭނުން ކުރަމުންއައި ސަސްޕެންޝަން ބުރިޖެއް ވެއްޓި 30 މީހަކު މަރުވެއްޖެއެވެ.

"މި ހާދިސާގައި 30 މީހަކު މަރުވެފައިވާކަން މިހާރުވަނީ ޔަގީން ކުރެވިފައި. އަދި އެތައް ބަޔަކު ވަނީ ބުރިޖް ވެއްޓުނު ކޯރުގެ ތެރެއިން ސަލާމަތް ކުރެވިފަ. ބައެއް މީހުންގެ އަދިވެސް ފެނިފައެއް ނުވޭ،" މިހާދިސާގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދެމުންދާ، ސަރުކާރު ހޮސްޕިޓަލްގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަމިޓް ޖަހުލާ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ ލޯކަލް ޓީވީ ޗެނަލެއް ކަމުގައިވާ ޒީ ނިއުސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މޯރބީ ޓައުންގައި އޮންނަ މަޗޫ ކޯރު ހުރަސްކޮށް އަޅާފައި އޮންނަ މި ބުރިޖު ވެއްޓުނު އިރު ބުރިޖްމަތީގައި 400 އަށްވުރެ ގިނަ މީހުން ތިބި ކަމުގައެވެ.

އެޓީވީ ޗެނަލްއިން އާންމު ކޮށްފައިވާ ވޯޑިއޯ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، އެމަރޖެންސީ ޓީމުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، ބުރިޖް މަތިން ވެއްޓުނު ބައެއް މީހުން، ވެއްޓިފައިވާ ބުރިޖްގެ ކޭބަލްތަކުގައި އެލިގަނެގެން ތިބި މަންޒަރު ވަނީ ފެނިފައެވެ.

230 މީޓަރުގެ ދިގު މި ބުރިޖަކީ 19ވަނަ ގަރުނުގައި އިނގިރޭސިންގެ އިސްތިއުމާރު އިންޑިއާގައި އޮތްއިރު ހަދާފައިވާ ބުރިޖެކެވެ. އަދި މި ބުރިޖް މަރާމާތު ކުރުމަށް 6 މަސްދުވަހަށް ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ.

އަމިއްލަފުޅު ސްޓޭޓް ކަމުގައިވާ ގުޖުރާތު ސްޓޭޓަށް 3 ދުވަހުގެ ދަތުރުފުޅެއް މިވަގުތު ކުރައްވަމުން ގެންދަވާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވިދާޅުވެފައިވަނީ މީހުން ސަލާމަތް ކުރުމަށް އިމަޖެންސީ ޓީމުތައް ފޮނުވުމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރަށް އަންގަވާފައިވާކަމަށެވެ.

"އޭނާވަނީ މީހުން ސަލާމަތް ކުރުމަށް ވަގުތުން ވަގުތަށް ޓީމުތައް ފޮނުވުމުގެ މަސައްކަތް ފަށާފަ. ހާލަތު މެދު ނުކުނޑި ގާތުން ބަލަމުން ދިއުމަށް އޭނާއަށް ވާނީ އެންގިފަ. އަދި ހާދިސާގެ ގެއްލުން ލިބުނު ހުރިހާ ފަރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އެންިފަ،" މޯޑީގެ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. މި ހިޔާނާތްތެރިން އިންޑިއާ މީހުން ލައްވާ ބުރިޖު އަޅުވަން މިއުޅެނީ މިކަހަލަ ބޮނޑިއެއް ބޯންވެގެންބާ

  2. މިހަާރު މި ބުރުޖެއް ނުވެއްޓޭނެތަ؟ ބަލަގަ ކޮންމެ ކަމަކަށްވެސް ނިމުމެއް އަނަްނާނެ.

  3. އިންޑިިޔާމީހުންް އަޅާބުރިޖަކީީ ދިވެހިރާއްޖޭގެެ އެއްވެސްް މީހަކައްް ދަތުރުރުތަކުގައިި ބޭނުންކުރެވިދާނެެ ބުރިޖެއްކަމަކައްް ލަފައެއްނުކިރެވޭޭ މިހާރުފެންނަމުންދާާ މަންޒަރުތަކައްް ބަލާލުމުންް ދޭހަވަނީީ ސީދާާ ބަދަލުހޯދުމައްް ހާވާމުޑުދާރުު ހަޑިގަޑެއްކަމައްް އެހެންނޫނަސްް އިންޔާާ އަކީީ މާމޮޅައްް ބުރިޖުއަޅަންދަންނަބައެއްނޫންކަންް ފުލުފުލުގައިި ވެއްޓެމުންދާާ ބުރިޖުތަކުންް އެނގިހާމަވޭޭ ތިވާނީީ ގަދަޔައްހިލާާ ކޮރަޕްޝަންގަނޑަކައްް އެމަސައްކަތްފެށުނީއްސުރެެ އަދާހަމަޔައްް ކަންތައްް ވަމުންދާގޮތައްް ފިކުރުކުރާާ ކޮންމެމީހަކައްް އެއްވެސްް ޝައްކެއްނެތްމިންވަރައްް މިކަންގަބޫލްކުރެވޭނެެ

Leave a Reply

Your email address will not be published. Required fields are marked *