ޔާމީންގެ އިލްތިމާސް: އަޅުގަނޑުގެ ނަން ވިއްކައިގެން ސިޔާސީ މަންފާ ހޯދުމުގެ ފުރުޞަތު ނުދެއްވާ!

ޔާމީންގެ އިލްތިމާސް: އަޅުގަނޑުގެ ނަން ވިއްކައިގެން ސިޔާސީ މަންފާ ހޯދުމުގެ ފުރުޞަތު ނުދެއްވާ!

އެއްވެސް ބަޔަކު އެމަނިކުފާނުގެ ނަންފުޅު ވިއްކައިގެން ކަންކަންކުރިޔަ ނުދިނުމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ޔާމީން ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވެލިދޫއަށް ވަޑައިގެން ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމަށް ނޭނގި އެޕާޓިގެ ދަފްތަރުގައި ތިބި މެންބަރުން އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާކަމަށެވެ. ރައީސް ޔަމީން ވިދާޅުވީ އެގޮތަށް މެންބަރުންގެ ޕާޓީ ބަދަލުކުރާއިރު، ބައެއްފަހަރު ރައީސް ޔާމީންގެ ތާއިދު އޮތްކަމަށާއި، އެމަނިކުފާނު ވިދާޅުވެގެން ސިޔާސީ މަސައްކަތްތަކެއް ކުރާނެކަމަށް ބުނެ އެހެން ޕާޓީ ތަކާއި ކޯލިޝަން ހަދަން ކަމަށް ބުނެވެސް ޕާޓިތަކަށް ގެންދާކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެފަދަ ގޮތަކަށް ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރުމަކީ ލަދުވެތިކަމެއްކަމަށެވެ. އެފަދަ މީހުންނަކީ ސިޔާސީ ގޮތުން ކުފޫ ހަމަވާބައެއް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ޕީޕީއެމާއި އެމްޑީއޭގެ އެއްވެސް ގުޅުމެއް ނެތްކަމަށްވެސް ވިދާޅުވެފައެވެ.

އަޅުގަނޑުމެންނާ އެމްޑީއޭއަކާވެސް އެއްވެސް ގުޅުމެއް ނެތް.އެ ގުޅުން ކެނޑިއްޖެ 2018 ވަނަ އަހަރުގެ އިންތިހާބަށް މަސައްކަތް ފެށި ހިސާބުން. އެހެންވީމާ ޚާއްސަކޮށް ނ. އަތޮޅުގައި ވެލިދޫގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ތިއިވި ވަޑައިގަންނަވަނީ އަޅުގަނޑުގެ ދުލުންނޭ މިވާހަކަ. ދެން ރައީސް ޔާމީން ބުންޏޭ، ރައީސް ޔާމިން ދެކެނީ މިހެންނޭ ރައީސް ޔާމިންއާ ގާތީ ތިމަންނައޭ. މި ވާހަކަ ދައްކަން ޖާގަ ނުދެއްވާ…

– ސަޕޯޓަރުންނަށް ރައީސް ޔާމީން އިލްތިމާސްކުރެއްވިއެވެ.

އެމްޑީއޭއާއި އެހެން ޕާޓީތަކާއިވެސް ގުޅުމެއް ނެތްކަމަށް ރައީސް ޔާމީން ވިދާލުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރުމަށް އެހެން ގޮތެއް ނެތްނަމަ ކޯލިޝަން ހަދަންވެސް ތައްޔާރަށް ހުންނެވިކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މާއުމޫނުގެފޮޓޮޔާނަންވިއްކައޖގެންކަލޯވެރިކަމއްއައީ އަދި ތިވަރުވެފަވެސްތިހުރީ

Leave a Reply

Your email address will not be published. Required fields are marked *