ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށްދާ ކަމުގައި އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނެފައިވަނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ %50 މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައިވާކަމަށެވެ. އަދި، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.
މި މަޝްރޫޢު ނިމުމާއެކު ދިއްދޫގެ ބަނދަރު ވެގެންދާނީ، ރާއްޖޭގައި އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށެވެ. އަލަށް އިތުރުކުރާބައިގައި 326 މީޓަރުގެ އެއްގަމު ތޮއްޓެއް ބަނދަރަށް އިތުރުވާނެއެވެ. އަދި ބަނދަތުގެ ފުޅާމިނުގައި 300 ފޫޓު ހުންނާނެއެވެ.
HA. Dhidhdhoo Harbor Extension & Jetty Construction Project is underway with 50% project completion. The first shipment of rock boulders required for project work has been delivered to the site and quay wall construction has been completed.#MTCCProjects #RayyithungeKunfuni pic.twitter.com/xjBQNbGPpr
— MTCC Plc (@MTCCPlc) October 26, 2022
މި މަޝްރޫޢުގެ ދަށުން 78،000 އަކަމީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 69.87 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.