ރާއްޖެއިން އިތުރު 94 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އިއްޔެގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 49 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 45 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޖެންސީން ވިދާޅުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 94 މީހުންގެ ތެރެއިން 38 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 56 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،546 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 22 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،497 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 45 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 37 ދިވެހިންނާއި، 8 ބިދޭސީންނެވެ.
ހޮސްޕިޓަލުގައި މިވަގުތު 80 މީހަކަށް ފަރުވާ ދެމުންދާއިރު، ރާއްޖެއިން ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 997 އެވެ. އައިސޮލޭޝަންގައި 320 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ