ހޯރަފުށީ ރައްޔިތުންނަކީ އަޖައިބެއްފަދަ އޯގާތެރި ރަހުމަތްތެރިން ތަކެއް: އާޒިމް

ހޯރަފުށީ ރައްޔިތުންނަކީ އަޖައިބެއްފަދަ އޯގާތެރި ރަހުމަތްތެރިން ތަކެއް: އާޒިމް

Author
މުޙައްމަދު ޝަޒައިމް
20 ނޮވެމްބަރ 2020 09:10
0

ހއ.ހޯރަފުށީގެ ރައްޔިތުންނަކީ އަޖައިބެއްފަދަ އޯގާތެރި އެކުވެރި ރައްޔިތުންތަކެއް ކަމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިހާތަނަށް ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކުރި ހޯރަފުށީ އެއާޕޯޓްގެ މަަސައްކަތް ދިޔައިރު ކައިރިން ދެކި، އަމަލީގޮތުން މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަށް ވަނީ އެރަށުގެ ރައްޔިތުންގެ އޯގާތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަން ވަރަށް ކައިރިން ފެނި ތަޖުރިބާ ކުރެވިފައެވެ. އެއާޕޯޓް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަށް އެތައް ފަހަރަކު އާޒިމް އެރަށަށް ވަޑައިގެން މަސައްކަތުގައި ޝާމިލު ވެފައިވާއިރު، މިއިން ކޮންމެ ފަހަރަކުވެސް އާޒިމް އަށް ފެނިވަޑައި ގަންނަވާ މަންޒަރުތަކުން ވަނީ މުޅިން އާޝޯހު ކޮށްލާފައެވެ. އާޒިމް ވިދާޅުވެފައިވަނީ ދާއިރާގެ ރައްޔިތުންގެ އޯގާތެރިކަމާއިއެކު، މެމްބަރު ސަލީމަކީވެސް އެހާމެ ވިސްނުން ތޫނު ތަފާތު ބޭފުޅެއްކަމަށެވެ.

ހޯރަފުށީ އެއާރޕޯޓްގެ މަސައްކަތް ކުރިއަށްދިޔަ ދުވަސް ވަރު މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެއްގައިވެސް ވަނީ ހޯރަފުށީ ރައްޔިތުންގެ ފަރާތުން ފެނިގެން ގޮސްފައިވާ އެއްބައިވަންތަކަން ސިފަކުރައްވައި އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެއާޕޯޓްގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުމަކީ ދުވަހަކުވެސް ހިތުން ފޮހެލަން ދަތި ކަންތައްތަކެއްކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީ އެއާރޕޯޓް 8 މަސް ދުވަހުގެ ތެރޭގައި ނިންމަވާފައިވާއިރު، އާޒިމް ވަނީ ތާރީހުގެ ތެރެއިން ޖާގަ ހޯދާފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެންމެ އަވަހަށް އަޅައި ނިންމައި ދަތުރުފެށި ފުރަތަމަ އެއާޕޯޓެވެ. ހޯރަފުށީގެ ރައްޔިތުންވެސް ވިދާޅުވެފައިވަނީ އާޒިމްއަކީ އެރަށުގެ ރައްޔިތުންގެ ހިތްތަކުން ޚާއްސަ ޖާގައެއް ލިބިފައިވާ ބޭފުޅެއްކަމަށެވެ. އާޒިމް އަކީ އެމްޓީސީސީގެ ފަހުގެ ތާރީހުގައި އެކުންފުނި ހިންގުމާއި ހަވާލުވި އެންމެ ހިންގުންތެރި އެއް މެނޭޖިން ޑިރެކްޓަވެ. މިވަގުތުވެސް އެތައް ރަށެއްގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އާޒިމްގެ ބެލުމުގެ ދަށުން ހިންގަމުން ދާއިރު، އާޒިމް އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް ނިންމުމަށެވެ.

އާޒިމް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެސްޓީއޯ ހިންގެވި ދުވަސްވަރުވެސް ނަމޫނާ ދައްކަވައި އެކުންފުނީގެ ގިނަ މުއައްޒިފުންގެ ލޯބިވެސް ހޯދާފައެވެ. ޚާއްސަކޮށް އާޒިމް އަކީ ހަވާލު ކުރެވޭ މަސައްކަތް ތާރީހަށް ނިންމެވުމުގައި ނަމޫނާ ދެއްކެވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.