އާދަމް ޝަރީފް، ރައީސަށް: ވަރަށް އޮޅުވާލެވިއްޖެ، އިނަފް އީޒް އިނަފް

އާދަމް ޝަރީފް، ރައީސަށް: ވަރަށް އޮޅުވާލެވިއްޖެ، އިނަފް އީޒް އިނަފް

Author
މުޙައްމަދު ޝަޒައިމް
20 ނޮވެމްބަރ 2020 05:23
0

ރައްޔިތުން ހުރިހާ ބާރެއްދީ ޤައުމު ހިންގަން ހަވާލުކުރުމުން މިއަދު ޤައުމު ނުހިންގި ދައްކާ ބަހަނާއެއް ނެތުމުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ދޮގު ބަހަނާ ދައްކައިގެން ވެރިކަން ކުރެވޭތޯ ކަމަށާއި، އެކަމަކު މިހާރު ރައްޔިތުން އެވާހަކަތައް ޤަބޫލު ނުކުރާކަމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށްސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން އިއްޔެ ރައީސް ޞާލިހު ދެއްކެވި ވާހަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިޤައުމުގައި ލެއްވިހާ ސިޔާސީ ލަޑަރުންކަމަށް ވަކާލާތު ކުރައްވާ ބޭފުޅުންނާއި، މަޖިލީހުގެ 65 ގޮޑިއާއިއެކު ޤައުމު ހިންގަން ރައްޔިތުން ހަވާލުކުރެއްވީ ވަރަށް ފޮނި އުންމީދުތަކެއްގައި ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން ދަނީ ނާއުންމީދާއި، މާޔޫސްވާފަދަ މަންޒަރު ތަކެއްކަމަށެވެ. ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި ރައްޔިތުންގެ ތާއީދު ގެއްލޭ ހިސާބަށް ދިއުމުން މިއަދު އަނެއްކާވެސް ރައީސް ޔާމީންގެ ނަންފުުޅު މިސަރުކާރުން ކުރިއަށް ނެރެފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއަދު ދައުލަތުގެ ދަރަނި ހުރި ނިސްބަތާއި، ދައުލަތް ދަރަނި ވެރިވެފައިވާ ގޮތަކީ ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަންކަމެއް ނޫންކަމަށާއި، ދައުލަތް ދަރުވައި ދަރަނި މެނޭޖް ކުރަން ނޭގިގެން އުޅެނީ މިސަރުކާކރަށްކަން ދިވެހި ރައްޔިތުންނަށް މިއަދު ސާފުވެފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައި 34.7 ބިލިއަން ރުފިޔާގެ ބަޖެތަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މިހާރުގެ ހާލަތަށް ބަލާ ހުށައެޅެނެ އެންމެ ރަނގަޅު ބަޖެޓްކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުކަމަށާއި، އެގޮތުން ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު 26 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމުން ފައިބާ ވަޑައިގެންނެވިއިރު އެދަރަނި 60 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށެވެ. ރައީސް ވިދާޅުވި މިސަރުކާރުގެ މިހަތަނަށް ދަރަނި އިތުރުވީ 15 ބިލިއަން ރުފިޔާކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު 6 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށާއި، ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު 26 ބިލިއަން ރުފިޔާއަށް އިތުވިކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތުގެ ރިޒާވްގައި އެއްވެސް ފައިސާއެއް ނެތްކަމަށެވެ. މިހާރުވެސް މިދަތިހާލަތުގައިވެސް ދައުލަތުގެ ރިޒާވްގައި 50 ބިލިއަން ރުފިޔާ އެބަހުރިކަމަށާއި، އެމަނިކުފާނުގެ މާލީ ޓީމަށް އިތުބާރު އެބައޮތްކަމަށެވެ. އެމަނިކުފާނު ވަނީ މިވެރިކަމުގައި ހަރުމުދާ ނުވިއްކާނެކަމަށާއި، ޤައުމު އަމާން އައްސޭރިއަކަށް ގެންދާނެކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު، މިސަރުކާރުން ވަނީ ސުކޫކް ވިއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރުމަށް ނިންމާފައެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ވަނީ ވަރށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ. ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން 85 ރަށެއް ވިއްކައި، އެ އާމްދަނީވެސް ދައުލަތަށް ލިބިފައިނުވާކަމަށެވެ. މިސަރުކާރުން މިހާތަނަށް އެއްވެސް ރިސޯޓެއް ހެދުމަށް ފަޅުރަށެއް ދޫނުކުރާކމަށާއި، ރައީސް ޔާމީން ސަރުކާރުން ރިސޯޓް ހެދުމަށްރަށްތައް ނުއަގުގައި ދޫކުރިއިރު، ވެރިކަމުންވަޑައިގަތީ ރަށްދޫކޮށްގެން ލިބުނު ފައިސާވެސް ހިތްޕަވައިގެންކަމަށެވެ. އެފައިސާ ލިބުނުނަމަ މިހާރު ހަރަދުކުރަން ހުރީސްކަމަށް ރައީސް ވިދާޅުވިއެވެ. މިހާތަކަށް އިދިކޮޅުން ވަނީ ގޮދުކޮށް ރައީސް ދެއްކެވި ވާހަތަކުން ހިސާބަކީ ކޯޗެއްކަންވެސް ރައީސަށް ނޭގޭކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.