ދަރަނި ނެގީމަ ދަރަނި ދައްކަންޖެހޭކަންވެސް ހަނދާންކުރަންޖެހޭ: ރޮޒައިނާ

ދަރަނި ނެގީމަ ދަރަނި ދައްކަންޖެހޭކަންވެސް ހަނދާންކުރަންޖެހޭ: ރޮޒައިނާ

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2020 02:46
0

އަންނަ އަހަރުގެގެ ބަޖެޓުގައި ދަރަނި އަދާކުރުމަށް ފައިސާ ހިމަނާފައި އޮތް ވާހަކަ ކޮންމެ މީހަކު ދައްކާއިރު، ދަރަނި ނެގީމަ ދަރަނި ދައްކަންޖެހޭވެސް ހަނދާން ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ދަރަނި 80 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބެޖެޓްގައިވެއެވެ. ކޯވިޑް-19އާއި ގުޅުގެން ޤައުމުގެ އިޤްތިޞާދު ހީނަރުވެ ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވަމުން އަންނާތީ ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިސަރުކާރުން ގިނަ އަދަދެއްގެ ލޯނު ނަގަމުން އަންނަކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އިއްޔެ ހއ.ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ދައުލަތުގެ ދަރަނި ބޮޑުވީ މިސަރުކާރުގެ ސަބަބުން ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކުރީސަރުކާރު ތަކުގެ ދަރަނިތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ވެރިކަން ހަވާލުވިއިރު އޭރު ރާއްޖޭގެ ދަރަނި އޮތީ 26 މިލިއަން ރުފިޔާގަ. އެހެންނަމަވެސް އެމަނިކުފާނު ފައިބާވަޑައިގެންނެވިއިރުގަ 60 ބިލިއަން ރުފިޔާ ދައުލަތުގެ ދަރަނި އެރި. ފަސް އަހަރުތެރޭގަ. އަޅުގަނޑުމެން އަދި މިހާތަނަށް 15 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި މިނެގީ. އަދި އޭގެ ކުރިއަށް ޖެހިލަމާ ހިނގާ. 2008 ވަނަ އަހަރު އަޅުގަނޑުމެން އޭރު ވެރިކަމާ ހަވާލުވީއިރުގަ އެމްޑީޕީން ވެރިކަމާ ހަވާލުވީއިރުގަ ދައުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާގަ. 3 އަހަރު ކުރުމަށްފަހު އަޅުގަނޑުމެން ވަކިވީއރުގަ26 ބިލިއަން ރުފިޔާއަށް ދަރަނި އަރާވައޮތީ. އެހެންވީމަ ދައުލަތަށް ަދަރަނި ނެގުމަކީ މިސަރުކާރުން ކުރިކަމެއްނޫން. ވަރަށް ސާފުކޮށް އެބައެނގޭ. މިއަހަރުގެ ބަޖެޓްގައި ދަރަނި ދެއްކުމަށް ޖަހާފައެއޮތް 4 ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފަ އޮތް ދަރަނި ދައްކަން ޖަހާފަ އޮތް ފައިސާ.

-ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ، މިސަރުކާރު އާއިރު ދައުލަތުގެ ރިޒާވްގައި ފައިސާ ނެތްކަމަށާއި ހުރީ އެންމެ 250 މިލިއަން ޑޮލަރުކަމަށްވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިވާހަކަފުޅަށް އިޝާރާތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ދަރަނި އައިފައި އޮތް ގޮތް މިހާރު ހުރިހާ ރައްޔިތުންނަށްވެސް ސާފުވާނެކަމަށެވެ. އަދި ރައީސް އެކަން ސާފުކޮށްދެއްވިކަން އެއީ ވަރަށް ރަނގަޅުކަމެއްގެ ގޮތުގައި ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ކޮންމެ ބަޔަކި 2021 ގަ ޑެތު ފައިނޭންސިން އަށް އޮތް ޢަދަދުގެ ވާހަކަ ދައްކާއިރު ދަރަނި ނެގީމަ ދަރަނި ދައްކަން ޖެހޭކަންވެސް ހަނދާންކުރަންޖެހޭ.

-އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ދައުލަތުގެ ދަރަނި ބޮޑުވެފައިވާއިރު، އަންނަ އަހަރުން ފެށިގެން އެދަރަނިތައް އަދާކުރުމަށް ދައުލަތަށް އިތުރު ބުރައެއް އުފުލަންޖެހޭކަން މަޖިލީހުގެ މެންބަރުން އަންނަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.