ވައިކަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ވައިކަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2020 01:55
0

ހދ.ވައިކަރަދޫ ގޮނޑުދޮށުގައި ޢުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ވައިކަރަދޫ ކައުންސިލުން ބުނީ އެރަށު ގޮނޑުދޮށު، މީހުން މޫދަށް އެރޭ ސަރަހައްދުގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު 09:00 ހާއިރު ފެނިފައިވަނީ ޢުމުރުން 70 އަހަރުގެ ފިރިހެނެއްކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު، ކޮންމެވެސްވަރަކަށް އޭނނާ އޮތީ ތެމިފައިކަމަސާއި، ގައިގައި ވެލިވެސް ހުރިކަމަށް ކައުންސިލުން ބުނެއެވެ.

މަރުވި މީހާ މިހާރު އޮތީ އެރަށު ސިއްޙީ މަރުކަޒުގައިކަމަށާއި، ފުލުހުންވެސް ހަރަކާތްތެރިވަމުން އަންނަކަމަށް ވައިކަރަދޫ ކައުންސިލުން ބުނެއެވެ. މިމައްސަލަ އިތުރަށް ބަލަމުން އަންނަކަމަށްވެސް ކައުންސިލުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.