އިންޑއާއިން ބެލިސްޓިކް މިސައިލްއެއް ޓެސްޓު ކޮށްފި

އިންޑއާއިން ބެލިސްޓިކް މިސައިލްއެއް ޓެސްޓު ކޮށްފި

Author
ހުސެއިން
16 އޮކްޓޯބަރ 2022 04:04
0

ސަބްމެރީންއިން ލޯންޗުކުރާ ބެލެސްޓިކް މިސައިލްއެއް ކާމިޔާބުކަމާއެކު އިންޑިއާ ކަނޑުގައި ޓެސްޓު ކޮށްފިކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާ ސަރުކާރުން ހާމަ ކޮށްފައި ވާގޮތުގައި، އެގައުމުން ޓެސްޓު ކޮށްފައިވަނީ، ބޭ އޮފް ބެންގާލްގައި އޮތް އެގައުމުގެ ހަނގުރާމަމަތީ ސަބްމެރީނެއް ކަމުގައިވާ އައިއެންއެސް އަރިހާންޓުއިން ކަމުގައެވެ.

މި ސަބްމެރީންއަކީ އިންޑިއާއިން އެންމެ ފުރަތަމަ އަމިއްލައަށް ބަނދެފައިވާ ނިއުކުލިއަ ހަކަތައިން ދުއްވާ ސަބްމެރީންއެވެ. މި ސަބްމެރީން އޮޕަރޭޓް ކުރާން ފަށާފައިވަނީ 2018ވަނަ އަހަރުއެވެ.

މި މިސައިލް ޓެސްޓު ކުރި ތަނަކާއި، މިސައިލްގެ ބާވަތާއި އަދި ޓެސްޓުގައި އުދުއްސާލި މިސައިލްތަކުގެ އަދަދުވެސް އިންޑިއާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ލޯކަލް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިއީ އިންޑަިއާއިން ބެލެސްޓިކް މިސައިލްއެއް ސަބްމެރީންއެއް ބޭނުންކޮށްގެން ޓެސްޓު ކުރިމަކަށް އެގައުމުގެ ސަރުކާރުން އިއުލާންކުރި ފުރަތަމަ ފަހަރުކަމުގައެވެ.

އިންޑިއާއިން މިހާރު ގެންދަނީ އަގައުމުގެ ކަނޑުގެ އަސްކަރިއްޔާ ވަރުގަދަ ކުރަމުންނެވެ. މިއަހަރު ސެޕްޓެމްބަރުމަހު އިންޑިއާއިންވަނީ އެގައުމުން އަމިއްލައަށް ބަނދެފައިވާ ފުރަތަމަ އެއަރކްރާފްޓް ކެރިއަރު ޚިދުމަތަށް ނެރެފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިންޑިއާއިން މި މިސައިލް ޓެސްޓު ކޮށްފައިވާކަން ހާމަ ކޮށްފައިވަނީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، އިންޑިއާ ކަނޑުގައި ޗައިނާއިން ހިންގާ މެރިޓައިމް ހަރަކާތްތައް އިތުރު ކޮށްފައިވާތީ، ޗައިނާއަށް މެސެޖެއް ދިނުމުގެ ގޮތުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.