އެމްއާރުއެމްގެ މެމްބަރުން ޤައުމަށްޓަކައި ކުރައްވާ މަސައްކަތްތަކާއިމެދު ފަޚުރުވެރިވަން: ރައީސް މައުމޫން

އެމްއާރުއެމްގެ މެމްބަރުން ޤައުމަށްޓަކައި ކުރައްވާ މަސައްކަތްތަކާއިމެދު ފަޚުރުވެރިވަން: ރައީސް މައުމޫން

Author
މުޙައްމަދު ޝަޒައިމް
20 ނޮވެމްބަރ 2020 08:38
0

ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފެއްދެވި އެމްއާރުއެމްގެ މެމްބަރުން ޤައުމަށްޓަކައި ވެވަޑައިގަންނަވާ ޤުރުބާނީއާއިމެދު ފަޚުރުވެރިވެ ވަޑައިގަންވަނާ ކަމުގައި އެމްއާރުއެމްގެ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްއާރުއެމް އުފެދުނުތާއި މިއަދަށް 1 އަހަރު ފުރިގެންދާއިރު ދުވަހުގެ ތަހުނިޔާ ރައީސް މައުމޫން ވަނީ ޕާޓީގެ މެމްބަރުންނަށް ފޮނުވާފައެއެވެ. އެމަނިކުފާނުވަނީ ޕާޓީގެ މެމްބަރުން ފާއިތުވެދިޔަ އެއް އަހަރުގެ ތެރޭގައި ވެވަޑައިގެންފައިވާ ޤުރުބާނީއާއި ކުރައްވާފައިވާ މަސައްކަތްޕުޅަކީ ޤައުމަށްޓަކައި ވެވަޑައިގެންފައިވާ ޤުރުބާނީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ20 ވަނަ ދުވަހުގައެވެ. އެމްއާރުއެމް ރަޖިސްޓްރީކޮށްދީފައިވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންގެ ނަންފުޅުގައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން، 2018ގެ ރިޔާސީ އިންތިހާބުގައި، މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ނަމުގައި ހަރަކާތެއް ފަށާފައިވަނީ ރައީސް މައުމޫން ޖަލަށް ލައި، އޭރުގެ ރައީސް ޔާމީން ހިންގެވިއަމަލުތަކާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށެވެ. އެމްްްއާރުއެމްއަކީ މިއަދު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްބައިވެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.