ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ލަނޑު ޖެހި ނަމަވެސް، މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޕީއެސްޖީ އިންނެވެ. މިއީ މެޗުގެ 39 ވަނަ މިނެޓުގައި ބެންފިކާގެ އެންޓޮނިއޯ ސިލްވާ ޕީއެސްޖީގެ ބާނަޓްއަށް ކުރި ފައުލަކާ ގުޅިގެން ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ އެކެވެ. ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތެރެއަށެވެ.
ލިއޮނަލް މެސީއާ ނުލައި ޕީއެސްޖީ ކުޅުނު މި މެޗުގައި ޕީއެސްޖީ އިން އައީ ވަރަށް ގިނަ ކައުންޓާ އެޓޭކްތައް ހަދޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގެ ދެވަނަ ހާފުގައި ބެންފީކާއަށް ޕެނަލްޓީ ލިބުނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މިއީ ބެންފިކާ ރަފާ ސިލްވާއަށް މާކޯ ވެރާޓީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އަދި މި ފައުލާ ގުޅިގެން ވެރާޓީއަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. ޕެނަލްޓީ އަކުން ބެންފީކާއަށް ނަތީޖާ އެއްވަރުކޮށްދިނީ ޖާއޯ މާރިއޯއެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ އާއި ބެންފީކާ އަށް ވެސް ވަނީ އަށް ޕޮއިންޓް ލިބިފައެވެ. ދެން ހިމެނޭ ޔުވެންޓަސް އާއި މެކާބީ ހައިފާ އަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.