ރިބަން ކަނޑާލަން ފުރުސަތު ލިބެނީވެސް ރައީސް ޔާމީންގެ މަސައްކަތުން: ޝިޔާމް

ރިބަން ކަނޑާލަން ފުރުސަތު ލިބެނީވެސް ރައީސް ޔާމީންގެ މަސައްކަތުން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2022 07:49
0

މިސަރުކާރުން ރިބަން ކަނޑާލަން ފުރުސަތު ލިބިގެންދަނީވެސް ރައީސް ޔާމީންގެ މަސައްކަތުން ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވެެރިކަމުގައި ފަށާފައިވާ ބައެއް މަޝްރޫޢުތައް މިސަރުކާރުން ހުޅުވަމުންދާތީ އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިގައުމުގައި 2013 އިން 2018 އަށް ވެރިކަން ކުރެއްވި ކަމީ ރައީސް ޞާލިހާއި މިސަރުކާރަށް ލިބުނު ބޮޑު ނަސީބެއްކަމަށެވެ.

މިއަދު މިސަރުކާރުން ހުޅުވައި އިފްތިތާހުކުރާ ގިނަ މަޝްރޫޢުތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމައި ހުޅުވައި ބޭނުންކޮށްފައިވާ މަޝްރޫޢުތައްކަމަށް ޝިޔާމް ވިދާޅުވިއެވެ.

2013 އިން 2018 އަށް ރައީސް ޔާމީން ރާއްޖޭގެ ވެރިކަން ކުރެއްވިކަން އެއީ ރައީސް ޞާލިހުގެވެސް ނަސީބު. އެހެންނޫންނަމަ މިއަދު ވެރިކަމުގައި ހުންނަވާ ދަތުރު ކުރެއްވުން ފިޔަވާ ކުރައްވާނެ އިތުރުކަމެއް ނޯންނާނެ. ރިބަން އެކަނޑުއްވަނީ ހުސް ރައީސް ޔާމީން ފައްޓަވާ ނިންމަވާފައިހުރި ކަންކަން.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީކޮށްފައިވާ އެއާޕޯޓްގެ އާ ރަންވޭ ބޭނުން ކުރަން ފެށުމަށް މިސަރުން ބޭއްވި ރަސްމިއްޔާތާއި ގުޅިގެންނެވެ. އެއާޕޯޓްގެ އާރަންވޭގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިން އެއް މަޝްރޫއަކީ ވެލާނާ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ. އެ ޕްރޮޖެކްޓްގެ އެއްބައި ކަމަށްވާ އާ ރަންވޭގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ބީޔޫސީޖީންނެވެ. އެ ސަރުކާރުގައި 2015 އަހަރު ހަވާލުކުރި އެ މަސައްކަތް ޔާމީންގެ ފަސް އަހަރުގެ ދައުރުގެ ފަހުކޮޅު ނިންމައި އެ މަނިކުފާނު އެ ތަން ރަސްމީކޮށް ހުޅުއްވައި ދެއްވި ވެސް މެއެވެ. އެކަމަކު، އެ ރަންވޭއާ ކައިރީގައި ހުރި ބައެއް އިމާރާތްތައް ނެގުމަށް ވަގުތު ދިއުމުން ރަސްމީކޮށް ބޭނުންކުރަން ފެށުން ދިގުލައިގެން ދިޔައީއެވެ. އެއާއެކު، ކޮވިޑްގެ ބަލިމަޑުކަން ވެސް އެ މަޝްރޫއަށް ހުރަސްއެޅި ކަމަށް މި ސަރުކާރުން ބުނެއެވެ.

އާ ރަންވޭއާކު ދެން ވީއައިއޭ އަށް އިތުރުކުރާ ގިނަ ބައިތައް އަންނަ އަހަރު ނިމޭނެއެވެ. އެންމެ ޒަމާނީ އެއާޕޯޓެއް ފެންނަން ފަށާނީ އަދި އޭރުންނެވެ. އާ ރަންވޭއަކީ އޭގެ ފެށުންކަން ޔަގީނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.