އެމްޑީޕީ ދޫކޮށް ޝާހީން އިދިކޮޅު ޕީޕީއެމްއަށް!

އެމްޑީޕީ ދޫކޮށް ޝާހީން އިދިކޮޅު ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2022 07:36
0

ގަލޮޅު ދެނުކުދާއިރާގެ އެމްޑީޕީގެ ކުރީގެ ކައުންސިލަރު ޝާހީން އެމްޑީޕީ ދޫކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެއެވެ.

އޭނާ ޕީޕީއެމްއާއި ގުޅުމަށްފަހު ފޯމް ހަވާލު ކުރެއްވީ ޕީޕީއެމްގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީނާއެވެ. ޝާހީން އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅުމުން ޕީޕީއެމްގެ ލީޑަރޝިޕާއި އާންމު މެމްބަރުން ދަނީ ޝާހީނަށް މަރުހަބާ ދަންނަވަމުންނެވެ.

ގަލޮޅު ދެކުނުދާއިރާގެ ކުރީގެ އެމް.ޑީ.ޕީ ކައުންސިލަރ ޝާހީން މަހުމޫދު އެޕާޓީ ދޫކުރައްވައި ރައީސް ޔާމީންގެ ޕީޕީއެމްއަށް ސޮއިކުރުމުން މަރުޚަބާ ދަންނަވަމެވެ. ޝާހީނަކީ ވަރަށް ހިންގުންތެރި ބޭފުޅެކެވެ. ޝާހީން އަޅުގަނޑުމެނާ ގުޅުމަކީ އަޅުގަނޑުމެންނަށް ލިބުނު އިތުރު ހިތްވަރެކެވެ.

– ޝުޖާ ވިދާޅުވިއެވެ.

ޕީޕީއެމްއާއި ގުޅުމަށްފަހު ޝާހީން ބުނެފައިވަނީ އެމްޑީޕީގައި އިސްލާހަށް މަސައްކަތް ކުރި މަސައްކަތް ތެރިން މަގުމަތި ކޮށްފައިވާކަމަށެވެ. އެމްޑީޕީގެ ލީޑަރޝިޕުން ވަނީ އާންމު މެމްބަރުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިކަމަށްވެސް ޝާހީން ވިދާޅުވިއެވެ.

އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެމްޑީޕީގެ އިސްލާހީ މަސައްކަތުގައި އުޅުނު އާންމު މެމްބަރުނަނަށް ވަރަށް ބޮޑަށް އިހުމާލުވެ މަގުމަތު ކޮށްފަ. އެހެން ކަމުން އަޅުގަނޑު މިއަދު އެމްޑީޕީ ދޫކޮށް ޕީޕީއެމްއާއި ގުޅިއްޖައިން. އަޅުގަނޑު ޕީޕީއެމްގެ އަސާސްތަކާއި އެއްގޮތަށް ދެމި ހުންނާނާނަން.

– ޝާހީން ވިދާޅުވިއެވެ.

މިފަހަކަށް އައިސް އިދިކޮޅު ޕީޕީއެމްއާއި، ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ދަނީ ގުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒިޔާދު
މަރުހަބާ ޝާހީން