ރައީސް ނަޝީދު ޤަަބޫލު ނުކުރެއްވިޔަސް ޗައިނާގެ ދަރަނި ދައްކަންޖެހޭނެ: ޝަރީފް

ރައީސް ނަޝީދު ޤަަބޫލު ނުކުރެއްވިޔަސް ޗައިނާގެ ދަރަނި ދައްކަންޖެހޭނެ: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 11:33
0

ދިވެހި ދައުލަތުން އެކި ހާލަތްތަކުގައި ނަގާފައިވާ ދަރަނިތަކުގެ ތެރެއިން ނިމިދިޔަ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް މަޖިލިސް ރައީސް ކިތަންމެ ދެކޮޅު ހެއްދެވިޔަސް އެދަރަންޔަކީ ދައްކަންޖެހޭ ދަރަންޔެއް ކަމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ދަރަންޏާއި ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވަމުންދާ ވާހަތަކަށް ދައުލަތުގެ މީީޑިޔާގައި ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ބައެއް ހާލަތްތަކުގައި ދައްކަވަމުންދާ ވާހަތަކަކީ އެންމެ ރަނގަޅަށް ދައްކަވާ ވާހަތަކެއް ނޫންކަމަށެވެ. ރާއްޖޭގެ އިޤްތިޞާދަށް އެންމެބޮޑަށް އެހީވެދޭ އެއްޤައުމު ޗައިނާއާއި ޖައްސާލައި، ޗައިނާގެ ދަރަންޏާއިމެދު ސުވާލު އުފައްދައި ދަރަނި ނުދެއްކުމުގެ ބަހަނާ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑުމެން ރައީސް އެކި ތަންތަނުގައި ދައްކަނީ އެންމެ ރަނގަޅަކަށްނޫން ވާކަހަ. އަޅުގަނޑު އެކަމާއި ދެކޮޅު ހަދަން. އެމަނިކުފާނު އެއްބަސްވިޔަސް ނުވިޔަސް އަޅުގަނޑުމެން ޗައިނާގެ ދަރަނި އަދާކުރަންޖެހޭ. އެކަމާއި ދެކޮޅެއް ނެހެދޭނެ.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޗައިނާއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އިޤްތިޞާދަށްވާއިރު، އެޤައުމާއި ރާއްޖެއާއި އޮތް ގުޅުން ހީނަރުވާގޮތަށް ވާހަކަ ދެއްކުމަކީ މިޤައުމަށް ފައިދާވާނެ ގޮތެއް ނޫންކަމަށެވެ. ރައީސް ނަޝީދުވިޔަސް އަދި އެހެން މީހަކު ވިޔަސް ޤައުމަށް ގެއްލުވާފަދަ ކަމެއްކުރާނަމަ އެވާހަކަ ދައްކަވާނެކަމަށް ޝަރީފް ވިދާޅުވިއެެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު މިހާތަލަތުގައި އޮތީ ޗައިނާގެ ސަބަބުންކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި، ދަރަނިތައް ހޯދަން މިއަދު ކެނޑިނޭޅި އެޤައުމުން މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުން ދުނިޔެ މިހާރު އޮތް ހާލަތަށްވެސް ނުބައްލަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާވީ މިސަރުކާރުން މިއަހަރުގެ ބާކީ އޮތްބާގައި ދަރަނީގެ ގޮތުގައި ޗައިނާއަށް 86 މިލިޔަން ޑޮލަރު ދައްކަންޖެހޭކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ގެންގުޅެނީ ދުނިޔޭގެ އެއްވެސް ޤައުމެއް ނުދަންނަ ބީރައްޓެހި ސިޔާސަތެއް ކަމަށާއި، ދަރަނި ފަސްކުރުމަށް އެދުމުންވެސް އެކަމަށް ޗައިނާ އެއްބަސްވެފައި ނުވާކަމަށެވެ. ނަމަވެސް ކިތަންމެ ވަރަކަށް އެފައިސާ ހޯދަން އައިކަމުގައި ވީނަމަވެސް ނެތް އެއްޗެއް ނުދެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.