އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅިފައިވާ ބަޖެޓަކީ ހާލަތަށް ބަލައި ހުށަހެޅޭނެ އެންމެ ފުރިހަމަ ބަޖެޓުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ހޯރަފުށީގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ބަޖެޓަށް ފާޑުވިދާޅުވުމަކީ ކުރެވިދާނެ ފަސޭހަ ކަމެއްކަމަށާއި، ނަމަވެސް ސަރުކާރުގެ މަސައްކަތަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން މިވަގުތު ބޭނުންވާ ކަމަށާއި، މިއީ ޤައުމުގެ ހައްގުގައި މަސައްކަތްކޮށް ރައްޔިތުންނަށް ހެޔޮގޮތް ހޯދުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބަޖެޓުގައި ދަރަނި ބޮޑުވެފައިވަނީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި އަބުރާ ދެއްކުމަށް ކުރަންޖެހޭ މަސައްކަތް އިތުރުވުމުންކަމަށެވެ. ރައީސް ވިދާޅުވީ ދަރަނި ދެއްކޭނީ އެހާލަތު މެދުވެރިވެގެން ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ދަރަނި އަދާކުރަމުންވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ދިނުމަތް ދިނުމަށް ކަމަށެެވެ.
އެމަނިކުފާނު ވިދާޅުވި މިއީ ތަރައްޤީގެ މަޝްރޫއުތައް ހުއްޓާލައި، ފަހަށް ޖެހެންވީ ވަގުތު ނޫންކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ހިމަނާފައިވާއިރު، އެކަންކަން ތަންފީޒުވާނީ ބަޖެޓް ފާސްކޮށްދެއްވައިގެންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާލަތަކީ ދަތިހާލަތެއްކަމަށާއި، ހާލަތުން އަރައިގަނެވޭނީވެސް ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކޮށްގެންކަމަށެވެ.
މިއީ އަޅުގަނޑުމެން ތަރައްޤީގައި ފަސްޖެހެންވީ ވަގުތެއްނޫން. މިބަޖެޓަކީ މިހާލަށް ބަލައި ހުށަހެޅޭނެ އެންމެ ފުރިހަމަ ބަޖެޓް. މިބަޖެޓް ފާސްކޮށް ދެއްވުމަކީ އަޅުގަނޑު އެދޭގޮތް. މިބަޖެޓާއިއީ ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ. މިއީ އުންމީދީ ބަޖެޓެއް.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ ޤައުމު އާރާސްކުރެއްވުމަށް ކުރައްވާ މަސައްކަތުގައާއި، ޤައުމުގައި މިއަދު އޮތް ދަރަނިތައް އަދާކުރެއްވުމުގައި އެއްވެސް ހަރުމުދަލެއް ނުވިއްކަވާނެކަމަށެވެ، އަދި އެމަނިކުފާނުގެ ފައިނޭޝަލް ޓީމަށް މިކަމުގައި ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ