ޝިރުމީނާ ރަހީނުކުރި މައްސަލާގައި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރުކޮށްފި

ޝިރުމީނާ ރަހީނުކުރި މައްސަލާގައި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 02:10
0

ޝިރުމީނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައި މިމަހުގެ 3 ވަނަ ދުވަހުވެސް ފުލުހުން ވަނީ ކޯޓު ޢަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެމީހަގެ ބަންދަށް އިއްޔެވަނީ އިތުރު 15 ދުވަސް ދީފައެވެ.

ފުލުހުން ކުރިން ވިދާޅުވެފައިވަނީ ބަޔަކުވެގެން ޝިރުމީނާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާކަމަށެވެ. އެގޮތަށް އޭނާގެ އާއިލާއިންވެސް އަންނަނީ ތުހުމަތުކުރަމުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ ޝިރުމީނާ، ޑޮކްޓަރަށް ދައްކާ ފަރުވާ ދިނުމުގެ ކަންކަން ކުރަމުން ގެންދާކަމަށާއި އެމައްސަލަ ތަޙްޤީގުކުރަމުންދާ ކަމަށެވެ.

އޭނާ ގެއްލިގެން ހޯދަމުން އިއުލާންކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.