ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު އަޙްމަދު އަވަހާރަވެއްޖެ

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު އަޙްމަދު އަވަހާރަވެއްޖެ

Author
މުޙައްމަދު ޖިމީ
18 ސެޕްޓެމްބަރ 2022 08:42
0

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު އަޙްމަދު އަވަހާރަވެއްޖެއެވެ.

ޢުމުރުފުޅުން 72 އަހަރުގައި އަވަހާރަވި މުޙައްމަދު އަޙްމަދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުޙައްމަދު އަޙްމަދު ވަނީ އިމިގްރޭޝަން ޑިޕާޓްމެންޓާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެވަވަޑައިގެން ޚިދުމަތް ކުރައްވާފައެވެ.

 

މުޙައްމަދު އަޙްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. މުޙައްމަދު އަޙްމަދު އަވަހާރަވުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އޭނާ ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަށް ފާހަގަކުރައްވާ، އާއިލާއަށް ހަމްދަރުދީ ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.