އިސްރާއިލް އަތުން ބަލިވެ ސްކޮޓްލޭންޑުން ފުރުސަތު ނަގާލާއިފި

އިސްރާއިލް އަތުން ބަލިވެ ސްކޮޓްލޭންޑުން ފުރުސަތު ނަގާލާއިފި

ގުޅުންހުރި

ނޭޝަންސް ލީގުގައި އިސްރާއިލް އަތުން ބަލިވެ ލީގް އޭ ކޮލިފައިވުމަށް ލިބުނު ފުރުސަތު ސްކޮޓްލޭންޑްއިން ނަގައިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު އިސްރާއިލުން ކާމިޔާބުކުރީ ސްކޮޓްލޭންޑާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަހާފްގެ 44 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މަނޯރް ސޯލޯމޮންއެވެ. މި ގުރޫޕުން ލީގް އޭއަށް ޕްރޮމޯޓްވީ ރޭ ސުލޮވާކިޔާ އަތުން 2-0 ލަނޑުން މޮޅުވި ޗެކްރިޕަބްލިކްއެވެ.

ޗެކްރިބްލިކް އިން ގުރޫޕްގެ މެޗުތައް ނިންމާލީ 12 ޕޮއިންޓާއެކުއެވެ. ސްކޮޓްލޭންޑް އަށް 10 ޕޮއިންޓް ލިބުނުއިރު ތިންވަނައަށް ދިޔަ އިސްރާއީލްއަށް ލިބުނީ 8 ޕޮއިންޓެވެ. ރެލިގޭޓްވި ސުލޮވާކިޔާއަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ސްކޮޓްލޭންޑުން ފުރުސަތު ގެއްލުމުން ދެން އެޓީމަށް އޮންނާނީ އަންނަ މާޗުމަހުގައި އޮންނަ ވޯލްޑްކަޕް ކޮލިފައިން ގޫރޫޕް ސްޓޭޖުމެޗުތަކެވެ. ވޯލްޑްކޮލިފައިންގެ ޔޫރަޕުގެ ގުރުނެގުން އޮންނާނީ އަންނަ މަހުގެ 7 ވަނަދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *