ފައިނަލުބުރުގެ ފަހު ޖާގަ އިޓަލީއަށް

ފައިނަލުބުރުގެ ފަހު ޖާގަ އިޓަލީއަށް

ގުޅުންހުރި

ނޭޝަންސްލީގުގައި ފައިނަލުބުރުގެ ފަހުޖާގަ އިޓަލީން ކަށަވަރުކޮށްފިއެވެ.

ރޭ ރަށުން ބޭރުގައި ބޮސްނިޔާގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދައިގެން އިޓަލީން ވަނީ މުބާރާތުގެ ފައިނަލުބުރުން ޖާގައި ހޯދައިފައެވެ. މެޗުގައި އިޓަލީން ފުރަތަމަ ލަނޑު ފުރަތަމަހާފްގައި 22 ވަނަމިނިޓުގައި ކާމިޔާބުކޮށްދިނީ އަންދްރޭ ބެލޮޓީއެވެ. ފަހު ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޑޮމެނިކޯ ބެރާރްޑީއެވެ. އިޓަލީ ފައިނަލުބުރުގެ ފަހުޖާގަ ކަށަވަރުކުރީ އެޓީމުގެ ކޯޗާ ނުލައިއެވެ. އެއީ އެޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ ކޮވިޑަށް ޕޮޒިޓްވެ ޓީމާއެކަހެރިވެ ހުންނަ ޖެހުމުންނެވެ. ފަހު ދެމެޗުގައި މަންޗީނީގެ ބަދަލުގައި ޓީމަށް އިރުޝާދު ދީފަވަނީ އެސިސްޓެންޓް ކޯޗު އަލްބެރިކޯ އިވާނީއެވެ.

ރޭ މިގުރޫޕްގައި ނެދަލޭންޑްސްއާ ޕޯލެންޑް ވާދަކުރި މެޗު 2-1 ލަނޑުން ކާމިޔާބުކޮށް ނެދަލޭންޑްވަނީ މޮޅަކުން މުބާރާތް ނިންމާލާއިފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ޕޮލެންޑްއިންނެވެ. މެޗުގެ ފަސްވަނަމިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާމިލް އޮޒްވިއަކްއެވެ. ނެދަލޭންޑްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ދެވަނަހާފްގައި ލިބުނު ޕެނަލްޓީއަކުން މެޕިސް ޑިޕޭއެވެ. މެޗުން ނެދަލޭންޑް މޮޅުވިލަނޑު ކާމިޔާބުކުރީ ކެޕްޓަން ޖިއޯގީނޯ ވިންލްޑަމްއެވެ.

އިޓަލީ ފައިނަލު ބުރަށް ދައިއީ ކުޅުނު ހަމެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ރޭގައި މޮޅާއެކު ނެދަލޭންޑްއަށް ހަމަކުރެވުނީ ހަމެޗުން 11 ޕޮއިންޓެވެ. ޕޯލެންޑްއަށް ތިންވަނަ ލިބުނީ 7 ޕޮއިންޓާއެކުއެވެ. ގުރޫޕުން ލީގް ބީ އަށް ރެލިގޭޓްވީ ދެ ޕޮއިންޓާއެކު ފުލަށްދިޔަ ބޮސްނިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ