ހަތަރު އެއާޕޯޓެއްގައި ލަގެޖް ސްކްރީނިން މެޝިންތަކެއް ބަހައްޓައިފި

ހަތަރު އެއާޕޯޓެއްގައި ލަގެޖް ސްކްރީނިން މެޝިންތަކެއް ބަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
04 ސެޕްޓެމްބަރ 2022 07:25
0

ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅުއްވާފައިވާ ސިޔާސަތާއި އެއްގޮތަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުންއަންނަ 4 އެއަރ ޕޯޓެއްގައި ލަގެޖް ސްކްރީނިން މެޝިންތަކެއް ބަހައްޓައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ސީދާ ބެއްލެވުމުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުންއަންނަ 4 އެއަރ ޕޯޓެއްގައި ބެހެއްޓި މެޝިންތަކަކީ އެންމެ ފަހުގެ ވަސީލަތްތަކާއިއެކު ގާއިމް ކުރި މެޝިންތަކެކެވެ.

އަލަށް މެޝިންތައްބަހަހއްޓާފައިވަނީ، ހދ.ކުޅުދުއްފުށީ އެއަރޕޯޓާއި، ށ.ފުނަދޫ އެއަރޕޯޓާއި،، ޏ.ފުވައްމުލައް އެއަރޕޯޓުގެ އިތުރުން ގދ. މާވަރުލު އެއަރޕޯޓުގައެވެ. އަލަށްބެހެއްޓި މެޝިންތަކާއެކު އާރ.އޭ.ސީ.އެލް އިން ބޭނުން ކުރަމުން އަންނަ ހުރިހާ އެއަރޕޯޓެއް ގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކީ ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އެކުލަވާލާފައިވާ "މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިންގ ޓެކްނޮލޮޖީ" ލިސްޓްގައި ހިމެނޭ އެކްސްރޭ މެޝިންތަކެވެ.

އާރ.އޭ.ސީ.އެލް އިން 4 އެއަރޕޯޓްގައި ބެހެއްޓި މެޝިންތަކަކީވެސް ރެޕިސްކޭން ބްރޭންޑްގެ މެޝިން ތަކެކެވެ. އަދި އެބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަދި ސަރވިސް ޕްރޮވައިޑަރއަކީވެސް އާރ.އޭ.ސީ.އެލް އެވެ. އެއާއެކު ސްކްރީނިން މެޝިންތަކަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާއެވެ. މި ސްކްރީނިން މެޝިންތަކުގެ މައްސަލަ ހައްލުވެގެން ދިއުމަކީ ކުންފުންޏާއި ރައްޔިތުންވެސް ގިނަދުވަސްތަކެއްވަންދެން އުފުލަމުންއައި ތަކްލީފުތަކަށް ނިމުންއައިސް ދަތުރުފަތުރުކުރާ ފަރާތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.