ގޮޓަބަޔަ އެނބުރި ގައުމަށް ވަޑައިގެންފި

ގޮޓަބަޔަ އެނބުރި ގައުމަށް ވަޑައިގެންފި

ގުޅުންހުރި

ސްރީ ލަންކާގެ އިސްތިއުފާ ދެއްވި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

ގޮޓަބަޔަ އެނބުރި ސްރީ ލަންކާއަށް ވަޑައިގެންފައި މިވަނީ އެގައުމަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި، ގައުމު ބަނޑަށްޖެހި، އޭނާގެ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން ކުރާންފެށި މުޒާހިރާތަކުގައި ރިޔާސި ގަނޑުވަރު ހިސޯރުކޮށް އިސްތިއުފާދޭން މަޖުބޫރުވެވަޑައިގަތުމާއެކު ފިއްލަވައިގެން ގައުމު ދޫކުރައްވާ ވަޑައިގަތްތާ ދޮޅުމަހެއްހާ ދުވަސް ފަހުންނެވެ.

ގޮޓަބަޔަ ގައުމަށް އެނބުރި ވަޑައިގަތުމުގެ ކުރިން އެއްމަސްދުވަހު ސިންގަޕޯރގައި ހުންނެވުމަށްފަހު ވަގުތީ ވިސާގައި ހުންނަވާފައިވަނީ ތައިލޭންޑުގައެވެ،

މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ގޮޓަބަޔަ ސްރީ ލަންކާއަށް އެނބުރި ވަޑައިގަތީ ސިންގަޕޯރ މަގުންނެވެ. އަދި ސްރީ ލަންކާގެ އެއަރޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ އެގައުމުގެ މިހާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ