އަމިއްލަ ގައުމުގައި އުފެއްދި ފުރަތަމަ އެއަރކްރާފްޓް ކެރިއަރ އިންޑިއާއިން ޚިދުމަތަށް ނެރެފި

އަމިއްލަ ގައުމުގައި އުފެއްދި ފުރަތަމަ އެއަރކްރާފްޓް ކެރިއަރ އިންޑިއާއިން ޚިދުމަތަށް ނެރެފި

Author
ހުސެއިން
02 ސެޕްޓެމްބަރ 2022 08:11
0

އިންޑިއާއިން އެގައުމުގައި ފުރަތަމަ ފަހަރަށް ބަނދެފައިވާ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލާ މަނަވަރު ޚިދުމަތަށް ނެރެފިއެވެ.

މި ހަނގުރާމަމަތީ މަނަވަރަކީ، ޗައިނާއިން ފުޅާކުރަމުންދާ އެގައުމުގެ ނޭވީއާއި، އިތުރުކުރަމުންދާ ހަނގުރާމައިގެ ކަނޑު ފްލީޓާއި އަރާ ހަމަކޮށް، އެގައުމަށް ލިބިފައިއިވާ މަނަވަރުތައް ބަނުމުގެ ގާބިލްކަން އިތުރުކުރަމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބަނދެފައިވާ މަނަވަރެކެވެ.

އައިއެންއެސް ވިކްރަންޓް (INS Vikrant)ގެ ނަމުން ނަން ދީފައިވާ މި ހަނގުރާމަމަތީ މަނަވަރަކީ އިންޑިއާގައި މިހާރު ދެވަނައަށް އެންމެ ބޮޑު ހަނގުރާމަމަތީ މަނަވަރެވެ. ސާންސްކުރިޓް ބަހުން ވިކްރަންޓްގެ މާނައަކީ "ވަރުގަދަކަން" ނުވަތަ "ހިތްވަރު" އެވެ.

މި މަނަވަރު އިތުރުކުރެވުނު ފްލީޓުގައި ދެން އޮތީ، ސޯވިއެޓްގެ ޒަމާނަށް ނިސްބަތްވާ، ރަޝިއާއިން 2004 ވަނައަހަރު ގަނެފައިވާ އައިއެންއެސް ވިކްރަޑިޓްޔާ އެވެ. މި މަނަވަރު އިންޑިއާއިން ގަނެފައިވަނީ، އިންޑިއާ ކަނޑުގެ އިތުރުން ބޭ އޮފް ބެންގާލް ހިމާޔަތް ކުރުމަށެވެ.

އިންޑިއާގެ ނޭވީން ޑިޒައިންކޮށް، ދެކުނު އިންޑިއާގެ ކޮޗިން ޝިޕް ޔާޑުގައި ބަނދެފައިވާ، ދިގުމިނުގައި 262 މީޓަރު ހުންނަ އައިއެންއެސް ވިކްރަންޓް، މި ހަފްތާގެ ހުކުރު ދުވަހު ލޯންޗް ކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއެވެ.

މި މަނަވަރު ލޯންޗް ކޮށްފައިވަނީ، އިނގިރޭސީންގެ އިސްތިއުމާރުން އިންޑިއާއަށް މިނިވަންކަން ލިބުނުތާ 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިޔާތުތަކުގެ ބައެއްގެ ގޮތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބޮޑުވަޒީރު ނަރެންދުރަ މޯޑީވަނީ، މި މަނަވަރުގެ ސަބަބުން އެގައުމުގެ ކަނޑުގެ އަސްކަރިއްޔާއަށް ލިބިގެންދާ ކުރިއެރުމުގެ އިތުރުން، އަމިއްލަ ގައުމުގައި އެއަރކްރާފްޓް ކެރިއަރތައް ބަނުމުގެ ގާބިލްކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނިފައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް ބާރު އަޅުއްވާފައެވެ.

މި މަނަވަރަކީ އިންޑިއާގައި މިހާތަނަށް ބަނދެފައިވާ އެންމެ ބޮޑު ހަނގުރާމަމަތީ މަނަަވަރެވެ. މި މަނަވަރުގައި 1600 ފަޅުވެރިން މަސައްކަތް ކުރާނެއެވެ. އަދި ހަނގުރާމަމަތީ 30 މަތިންދާ ބޯޓު އުފުލުމުގެ ގާބިލްކަން މި މަނަވަރަށް ލިބިގެން ވެއެވެ. މީގެތެރޭގައި ފައިޓަރ ޖެޓްތަކާއި ހެލިކޮޕްޓަރުތައްވެސް ހިމެނެއެވެ.

47,400 ޓަނުގެ މި އެއަރކްރާފްޓް ކެރިއަރ އެކީ ޚިދުމަތަށް ނެރެ ނިމޭނީ 2023 ނިމޭހާތަނަށެވެ. އެހާތަނާއި ޖެހެންދެން، MiG-29Kގެ އެއަރކްރާފްޓްގެ ލޭންޑިން ޓެސްޓަތަކަށް މި މަނަވަރު ބޭނުން ކުރެވޭނެއެވެ. އަދި ފަހުގެ އާ ފައިޓަރ ޖެޓްތަކަށްވެސް މި މަނަވަރުގެ ބޭނުންކުރުނަށް އިންޑިއާއިން ދަނީ ޕްލޭން ކުރަމުންނެވެ.

އިންޑިއާގެ އަސްކަރިއްޔާގައި 1.38 މިލިއަން ސިފައިން ތިބެއެވެ. މީގެ ތެރެއިން ގިނަ ސިފައިން ހަރަކާތްތެރި ވަމުންދަނީ، ނިއުކުލިއަރ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ، އަވައްޓެރި ޕާކިސްތާންއާއި ޗައިނާއާއި އެގައުމުން ހިއްސާކުރާ ސަރަހައްދީ އިންތައް ހިމާޔަތް ކުރުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

P Parbriz Hyundai H100
great post, very informative. I'm wondering why the opposite specialists of this sector don't understand this. You must proceed your writing. I'm sure, you have a huge readers' base already! https://vanzari-parbrize.ro/parbrize/parbrize-hyundai.html
އިންޑި ޔާމީހުން ބާރަށް ފޮޑިޔެއްޖަހާލިޔަސް އެވާކަ ދައްކާނެ މިނޫހުން