ޔާމީން ޖަލަށް ލުމަށް ބޭރުގެ އެއްވެސް ބޭފުޅަކު ރައީސަށް ނާންގާ: ރައީސް އޮފީސް

ޔާމީން ޖަލަށް ލުމަށް ބޭރުގެ އެއްވެސް ބޭފުޅަކު ރައީސަށް ނާންގާ: ރައީސް އޮފީސް

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2022 03:01
0

ބޭރުގެ އެއްވެސް ޤައުމެއްގެ ބޭފުޅަކު ރައީސް ޔާމީން ޖަލަށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަންގާފައި ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިހެން ބުނެފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުންދާ ދަތުރުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރާއިއެކު ބޭއްވުމުގައި ރައީސް ޔާމީން ޖަލަށް ލުމަށް އަންގާފައިވާކަމަށް ބުނެ ނޫހެއްގައި އާންމުކޮށްފައިވާ ޚަބަރާއި ގުޅިގެންނެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސް ޔާމީން ޖަލަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބޭރު ޤައުމެއްގެ ބޭފުޅަކު އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ޚިޔާލީ ވާހަކައްކަމަށެވެ.

މި ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ޚިޔާލީ ވާހަކައެއް.

– ރައީސް އޮފީހުން ބުނެފައިވެއެވެ.

ދިވެހިރާއްޖެ އާއި ބޭރުގެ ޤައުމުތަކާއި ގުޅޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ރައީސް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.