އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވެއްޖެއެވެ.
އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ ޓޮޓެންހަމުން ވުލްވްސް ކޮޅަށް މެޗުގެ ހަމައެކަނި ގޯލު ޖެހީ 64 ވަނަ މިނިޓްގައެވެ. ކޯނަރަކުން އިވާން ޕެރިސިޗް ބޮލުން ޖައްސާލި ބޯޅަ ކޭން ވަނީ ބޮލުން ގޯލަށް ފޮނުވާލައިފައެވެ. މިއީ ކޭން ޕްރިމިއާ ލީގުގައި ޓޮޓެންހަމަށް ޖަހަދިން 185 ވަނަ ގޯލެވެ.
މިއާ އެކު ޕްރިމިއާ ލީގުގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ކޭން އަށް ލިބުނީ އެވެ. ކުރިން އެ ރެކޯޑް އޮތީ 184 ގޯލު ޖެހި ސިޓީގެ ކުރީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަތުގައެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އިން ވަނީ 3-1 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ. އެވަޓަން އާއި ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވިއިރު، ފުލަމް އިން ވަނީ 3-2 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ. މި މޮޅާ އެކު ފުލަމް ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެެވެ. މިރޭ ލެސްޓާ ސިޓީ ދަނޑުގައި ސައުތެމްޓަން ވަނީ 2-1 އިން މޮޅުވެފައެވެ.
ކޮމެންޓު ފޮނުވާ