ފީފާއިން ބާއްވާ އަންހެނުންގެ 17 އަހަރުންދަށުގެ ވޯލްޑްކަޕް 2022 އަށް ފަސްކޮށްފިއެވެ.
އެންމެ ފުރަތަމަ މި މުބާރާތް ބޭއްވުމަށް މަސައްކަތްކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރުގައެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން މުބާރާތް ފަސްކުރިއެވެ. އެއަށްފަހު ފީފާއިން ބޭއްވި މަޝްވަރާތަކަށްފަހު މި މުބާރާތް އަންނަ އަހަރުގެ ފެބްރުއަރީ އާއިި މާރޗް މަހު ބޭއްވުމަށް ނިންމިއެވެ. މުބާރާތް ތިންވަނަ ފަހަރަށް ފަސްކުރީ އެކަށީގެންވާ ވަރަށް މުބާރާތަށް ތައްޔާރު ނުވެވޭނެކަން ފީފާއިން ގަބޫލުކުރެވޭތީއެވެ.
2021 ވަނަ އަހަރު މި މުބާރާތް އިންޑިއާގައި ބޭއްވުމަށް ކުރިން ނިންމި ނަމަވެސް ކޯވިޑް-19 ގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން މުބާރާތް ވަނީ 2022 ވަނަ އަހަރު އިންޑިއާގައި ބޭއްވުމަށް ނިންމާފައެވެ.
އަންހެނުންގެ 20 އަހަރުންދަށުގެ ވޯލްޑްކަޕްވެސް ވަނީ ކެންސަލްކޮށްފައެވެ. އަންހެނުންގެ 19 އަހަރުންދަށުގެ ވޯލްޑްކަޕްވެސް ވަނީ 2022 އަށް ފަސްކޮށްފައެވެ.