ފީފާ ކުލަބް ވޯލްޑްކަޕް ފަސްކޮށްފި

ފީފާ ކުލަބް ވޯލްޑްކަޕް ފަސްކޮށްފި

Author
އިބްރާހީމް ސާޢިދު
18 ނޮވެމްބަރ 2020 08:07
0

އާއްމުކޮށް ޑިސެމްބަރު މަހު ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ކޯވިޑް-19 އާ ގުޅިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.

ފީފާ އިން ކްލަބް ވޯލްޑް ކަޕް ފަސްކުރުމުގެ މައިގަނޑު ސަބަބަކީ ކޯވިޑްގެ ހާލަތު އަދިވެސް ބައެއް ގައުމުތަކުގައި ގޯސްވަމުން ދިއުމެވެ. ތާރީހަށް އައި ބަދަލާއެކު ވެސް ކްލަބް ވޯލްޑް ކަޕް އޮންނާނީ ގަތަރުގަ އެވެ. ފީފާ އިން މިހާރު ނިންމާފައިވަނީ ގަތަރުގައި އަންނަ ފެބްރުއަރީ މަހުގެ 1 އިން 11 އަށް މުބާރާތް ކުރިއަށް ގެންދިއުމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަތަރުގައި އޮތް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރީ ލިވަޕޫލް އެވެ. ގަތަރުގައި ޖެހިޖެހިގެން ދެ އަހަރު ކްލަބް ވޯލްޑް ކަޕް ބާއްވަން ނިންމީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެގައުމު ތައްޔާރުކުރުމުގެ ގޮތުންނެވެ.

ކްލަބް ވޯލްޑް ކަޕަކީ ދުނިޔޭގެ ބައްރުތަކުގެ ޗެމްޕިއަނުން ވާދަކުރާ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހަށް ދިގުދެމިގެންދާ މުބާރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.