ބެންގަލޫރުން މާލެއަށް ދަތުރު ކުރަމުންދިޔަ ގޯ ފަސްޓުގެ ބޯޓެއް އެމަޖެންސީކޮށް ޖައްސައިފި

ބެންގަލޫރުން މާލެއަށް ދަތުރު ކުރަމުންދިޔަ ގޯ ފަސްޓުގެ ބޯޓެއް އެމަޖެންސީކޮށް ޖައްސައިފި

Author
ހުސެއިން
12 އޮގަސްޓް 2022 05:47
0

ބެންގަލޫރުން މާލެއަށް ދަތުރު ކުރަމުންދިޔަ، އިންޑިއާގެ ބަޖެޓް އެއަރލައިނެއް ކަމުގައިވާ، ގޯ ފަރސްޓުގެ މަތިންދާ ބޯޑެއް އުދުއްސާލިތާ ގަޑިއެއްހާއިރު ތެރޭ އެމަޖެންސީކޮށް ލޭންޑު ކޮށްފިއެވެ.

އިންޑިއާގެ ލޯކް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި 92 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މި ބޯޓު އިމަޖެންސީކޮށް ޓެމިލްނާޑޫގެ ޓިރުއްޕޫރުގެ ކޮއިމްބަޓޯރ އެއަރޕޯޓުގައި އެމަޖެންސީކޮށް ޖައްސާފައިވަނީ ބޯޑު އުދުއްސާލިތާ އިރުކޮޅެއްގެ ތެރޭގައި "ދުމުގެ އިންޒާރު" (ސްމޯކް އެލާމް) ބޯޓުން ދޭން ފެށުމާއި ގުޅިގެންނެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މި ބޯޓުން ދުމުގެ އިންޒާރު ދޭން ފަށާފައިވާކަމަށް ފުރަތަމަ ބެލެވިފައިވަނީ ބޯޓުގެ ދެ އިންޖީނުގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވެގެންނެވެ. އެހެންނަމަވެސް ސަމާލަތްތެރިކަމާއެކު ބޯޓު ކޮއިމްބަޓޯރ ރަންވޭއަށް ތިރިކޮށްފައި ވެއެވެ.

އެއަށްފަހު އިންޖިނިއަރުން މި ބޯޓުގެ އިންޖީނުތައް ބެލުމަށްފަހު ނިންމާފައިވަނީ ބޯޓުގެ އެލާމްގައި މައްސަލައެއް އުޅޭކަމަށެވެ. އަދި އެއަށްފަހު މި ބޯޓު އުދުހުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށްވެސް އިންޖިއަރުން ނިންމާފައި ވެއެވެ.

އަދި ފަހުން ބޯޓުވަނީ މާލެއަށް އަލުން ދަތުރަށް ފަށާފައިކަމަށްވެސް އިންޑިއާގެ ލޯކަލް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

"92 ޕަސެންޖަރުންނާއެކު، ބެންގަލޫރުން މާލެއަށް ދަތުރު ކުރަމުންދިޔަ ގޯ ފަރސްޓްގެ ފްލައިޓެއް މިއަދުގެ 12:00 ގައިވަނީ، އިންޖީނުގެ ހޫނުމިން މަތިވުމުން ދޭ އެލާމްގެ އިންޒާރު ދިނުމުގެ ސަބަބުން، އުދުއްސާލިތާ ގަޑިއެއްހާއިރުގެ ތެރޭގައި ކޮއިމްބަޓޯރ އެއަރޕޯޓުގައި އިމަޖެންސީކޮށް ޖައްސާފަ. ހުރިހާ ފަސެންޖަރުންވެސް ވަނީ ސަލާމަތްތެރިކަމާއެކު ބޯޓުން ބާލާފަ،" އެއަރޕޯޓު އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

"މައްސަލަ ގޯ ފަރސްޓުގެ އިންޖިނޭރުން ދަނީ ބަލަމުން، އަދި އަޅާންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން،" އެއަރލައިންގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.

ފާއިތުވެދިޔަ މަހު، އިންޑިއާގެ ދިއްލިއަށް ދަތުރުކުރަމުންދިޔަ ގޯ އެއަރގެ ފްލައިޓެއް ވަނީ ދޫންޏެއް ޖެހުމުގެ ސަބަބުން ގުވަހަތި އެއަރޕޯޓަށް ޖައްސާފައެވެ.

އަދި ފާއިތުވެދިޔަ މަހު، އިންޑިއާގެ ދިއްލީން ގުވަހަތިއަށް ދަތުރުކުރަމުންދިޔަ ގޯ އެއަރގެ ފްލައިޓެއް ވަނީ، މޫސުމް ގޯސްވެގެން، ދަތުރު ކުރަމުންދިޔަ ފްލައިޓެއްގެ ކޮކްޕިޓްގެ ބިއްލޫރިގަޑު ތަޅައިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.