ޖަރުމަނު ބަލިކުރެވޭނެ، ޓީމާމެދު އިތުބާރު ބޮޑު: އެންރީކޭ

ޖަރުމަނު ބަލިކުރެވޭނެ، ޓީމާމެދު އިތުބާރު ބޮޑު: އެންރީކޭ

ގުޅުންހުރި

ނޭޝަންސް ލީގުގައި މިރޭ ޖަރުމަނާ ދެކޮޅަށް އެޓީމަކީ މިވަގުތު ދުނިޔޭގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށާއި މިހާރު ގުރޫޕް އޮތްގޮތުން މެޗުން މޮޅުވުން ނޫން އިތުރު ވިސްނުމެއް ނެތްކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން އެންރީކޭ ބުނީ މެޗު އެއްގޮތަކަށްވެސް ފަސޭހަވާނެ ކަމަށް އޭނާ ގަބޫލްނުކުރާކަމަށާއި ޖަރުމަނާ ދެކޮޅަށް ނުކުންނައިރު ޓީމު އޮތީ ފުރިހަމަ ބާރާއެކު ތައްޔާރަށް ކަމަށެވެ.

މެޗުގައި ބޭނުންކުރާނެ ކުޅުންތެރިން ނިންމާނީ އަހަރެން، އަހަރެންގެ ކުޅުންތެރިންނަށް ފުރިހަަމަޔަށް އިތުބާރުކުރަން، ޓީމު އޮތީ ޖަރުމަނު އަތުން މޮޅުވާން ފުރިހަމަޔަށް ތައްޔާރުވެފަ.

– ލުއިސް އެންރިކޭ ބުނެފައިވެއެވެ.

އޭނާ ބުނީ ކުޅުންތެރިންނާ މެދު އޭނާގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި އިދުކޮޅަށް ނުކުންނަ ކުޅުންތެރިން އޭނާގެ ޓީމުން ސަމާލުވާނެ ކަމަށެވެ. ޖަރުމަނު މެޗުން ބަލިކުރެވޭނީ އެޓީމާ އެއް ފެންވަރަށް ކުޅެގެންކަމަށް އެންރީކޭ ވަނީ ބުނެފައެވެ. ޖަރުމަނާ ދެކޮޅަށް ކުޅޭނީ ކޮންކީޕަރެއްތޯ މިހާރު އޭނާ ނިންމާފަވާކަމަށް އެންރީކޭ ވަނީ ބުނެފައެވެ. އެންމެފަހުން ސްޕެއިން ކުޅުނު މެޗުގައި އެޓިމުން ބޭނުންކޮށްފައި ވަނީ އެޓީމުގެ ބަދަލު ކީޕަރެވެ.

މުބާރާތުގެ ފައިނަލު ބުރުން ޖާގަހޯދަން ސްޕެއިން ޖެހޭނީ މިރޭ ޖަރުމަނު އަތުން މޮޅުވާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *