ބޭނުންވަނީ މޮޅަކުން ނިންމާލަން: ޑިޝޯމްޕްސް

ބޭނުންވަނީ މޮޅަކުން ނިންމާލަން: ޑިޝޯމްޕްސް

ގުޅުންހުރި

ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފަހު މެޗަށް ނުކުންނައިރު ބޭނުންވަނީ މޮޅަކުން ގުރޫޕްގެ މެޗުތައް ނިންމާލަންކަމަށް މުބާރާތުގެ ފައިނަލު ބުރު ޔަގީންކޮއްފަވާ ފްރާންސް ޓީމުގެ ކޯޗު ޑިޑިއެރ ޑިޝޭމްޕްސް ބުނެފިއެވެ.

މިރޭ ގުރޫޕްގެ ފަހު މެޗުގައި ސްވިޑަންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ޑިޝޯމްޕްސް ބުނީ މެޗުގެ މާބޮޑު ބޭނުމެއް ފްރާންސް ނެތްކަމުގައި ވިޔަސް މެޗުން މޮޅުވެ ގުރޫޕް ސްޓޭޖު ނިންމާލަން ބެނުންވާކަމަށެވެ. މެޗުގައި މާބޮޑު ބަރުދަނެއް ނެތްކަމުގައި ވިޔަސް މިމެޗަކީ ބައިނަލްއަގުވާމީ މެޗަކަށް ވުމުން މެޗުގައި ފްރާންސްއިން ނުކުންނާނީ ރަނގަޅު ނަތިޖާއަކަށް ކަމަށް ޑިޝޯމްޕްސް ވަނީ ބުނެފައެވެ. ގުރޫޕްގެ ފަހުމެޗުގައި ވެސް ބޭނުންވަނީ މޮޅަށްކުޅެ ރަނގަޅު ނަތީޖާއެއް ކަމަށް ޑިޝޯޕްސް ބުނެފައިވެއެވެ.

މިއީ މާބޮޑު ބޭނުމެއް ނެތްމެޗެއް، އެކަމަކު އަހަރެމެން ބޭނުން ގުރޫޕްގައި ނިންމާލާއިރު މޮޅެއް.

މެޗުގެ ކުރިން ވާހަދައްކަމުން ފްރާންސް ކޯޗު ބުނެފައިވެއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ސްވިޑެންގެ ފޯވާޑް ޑިޖޭން ކުލުސްވެސްކީ ބުނީ ފްރާންސްއަކީ ވަރުގަދަ ޓީމެއް ކަމަށާއި މެޗުގައި ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނާއެކު ނުކުންނާނީ ފްރާންސްގެ މައްޗަށް ކުރިހޯދުމުގެ އަޒުމުގައިކަމަށެވެ. މެޗުން މޮޅުވާން ކުރެވެންހުރި ހުރިހާކަމެއް އެޓީމުން ކުރާނެކަމަށް ސްވިޑެންގެ ފޯވާޑް ވަނީ ބުނެފައެވެ.

އަހަރަމެން ފުޓްބޯޅަ ކުޅެނީ މޮޅުވާން، މިމެޗަށް ވެސް ނުކުންނާނީ މޮޅުވުމުގެ ރޫހްގައި، މޮޅާވާން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން.

– ސްވިޑެންގެ ކެޕްޓަން

މިމެޗަށް ނުކުންނައިރު ފްރާންސް ފަހުބުރަށް ކޮލިފައިވެފަވާއިރު ސްވިޑަންނަށް ރެލިގޭޓް ނުވެ ސަލާމަތް ވުމައްޓަކައި މެޗުން ތިންޕޮއިންޓް މުހިންމުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *